މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

                                                       (IUL)307/INDIV/2023/63 :ނަންބަރު

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)307/INDIV/2023/57 (03 އޮގަސްޓް 2023) ގެ އިއުލާނާއި ގުޅިގެން އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާނު ބާތިލުކޮށް، މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

  1. ކޯޓޭޝަން ހުށަހެޅުމަށް އެދޭފަރާތްތަކުން މިއިޢުލާނާއި ހަވާލާދީ މިކައުންސިލްގެ އީ-މެއިލް [email protected] އަށް މެއިލްކުރެއްވުންއެދެމެވެ.
  2. ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ވަގުތަކީ 2023 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 14:00 އެވެ. މިގަޑީގެ ފަހުން ލިބޭ އެއްވެސް ކޯޓޭޝަންއެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
  3. އެންމެ އަގު ކުޑަ ކޯޓޭޝަން ހުށަހަޅާ ފަރާތަކަށް މަސައްކަތް ހަވާލް ކުރާނޭކަން 2023 އޮކްޓޯބަރ 20 ވާ ބުރާސްފަތި ދުވަހުގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާއިން އަނގާނެއެވެ.
  4. ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  5. މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 އޮކްޓޯބަރ 17 ވަނަ ދުވަހުގެ 23:59 ގެ ކުރިން ސާފުކުރެއްވުން އެދެމެވެ.
  6. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް:

 ފޯން: 6580052 / 7801241

 އީމެއިލް: [email protected]

 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޮކްޓޫބަރު 2023
ހޯދާ