ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި، ގދ. މަޑަވެލީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުން:

10 އޮކްޓޯބަރ 2023 އިން 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:30 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް:

ބިޑްގައި ރަޖިސްޓްރީ ވުމަށް: https://forms.gle/kjnX34YgZRNwGPdG7

ޕްރީބިޑް މީޓިންގ:

2023 އޮކްޓޯބަރ 19 ވަނަ ދުވަހުގެ މެންދުރުފަހު 13:15 ގައި އޮންލައިން ކޮށް. (ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.)

ބިޑް ބަލައިގަތުން:

23 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި)

 

މިއިޢުލާނާއިއެކު، އަމިއްލަ ތަކެތީގައި، ގދ. މަޑަވެލީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތު މަޢުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމު އަދި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްޞީލް ތާވަލް ހުށަހަޅާ ފޯމު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 އޮކްޓޫބަރު 2023
ހޯދާ