ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ހިނަވާގެ ނުނިމިހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ގދ.ފިޔޯރީ ހިނަވާގެ، ބީލަމުގެ އުސޫލުން ނުނިމި ހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވުނު ނަންބަރު (IUL)422-B1/422/2023/73 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 16 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސަތްކަތާއި ގުޅޭ ލިޔެކިޔުންތަށް، ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

 

މިމަސައްކަތާގުޅެ ޕްރީބިޑް މީޓިންގ އޮނާނީ 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހު 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. ޕްރީބިޑް މީޓިންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  26 އޮކްޓޯބަރ 2023 ވާ  ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. 

 

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

 

24 ރަބީއުލްއައްވަލު 1445

9 އޮކްޓޯބަރ 2023

09 އޮކްޓޫބަރު 2023
ހޯދާ