މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަރާމާތާއިބެހޭ

      މިރަށު ނޫރު މިސްކިތާއި، މިސްކިތުގެ ފާޚާނާ ޢިމާރާތުގައި ކުރަންޖެހޭ ބައެއްކަހަލަ މަރާމާތުތައް ހުރުމާއިއެކު އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ތިރީގައިވާ ގޮތުގެމަތިން ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 11 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ([email protected]) މެއިލް މެދުވެރިކޮށް ނުވަތަ މިއިދާރާއަށް ދުރުވެ ބިޑު ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ބިޑު ރަޖިސްޓަރީ ކުރާ ފަރާތްތަކަށް 12 އޮކްޓޯބަރ 2023 ވަނަ ދުވަހު ބިޑު ޑޮކިއުމަންޓްތައް ޙަވާލު ކުރެވޭނެއެވެ. ބިޑުތައް ހުށަހެޅުމާއި ބިޑުތައް ހުޅުވުން އޮންނާނީ 18 އޮކްޓޯބަރ 2023 ވަނަ ދުވަހު  13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ  މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 6720034 ނުވަތަ 7958652 ފޯނާއި ގުޅުއްވުން އެދެމެވެ.

09 އޮކްޓޫބަރު 2023
ހޯދާ