ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބައެއް މަގުތައް ކުނިކަހާ ސާފުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރަށުގެ ބައެއް މަގުތައް ކުނިކަހާ ސާފުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

             

ތިރީގައި ބަޔާންކޮށްފައިވާ މި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މަގުތައް، އަމިއްލަ ތަކެތި ބޭނުންކޮށްގެން، ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. ޒިޔާރަތްމަގު
  2. ބަނދަރު
  3. އާމަގު
  4. ކުޑައިމަގު
  5. ބޮޑުމަގު
  6. ބަނދަރުމަގު
  7. ކޮށިމަގު
  8. ޕްރީސުކޫލު
  9. ދިމާމަގު

ބީލަން ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 09 އޮކްޓޯބަރ 2023 އިން 10 އޮކްޓޯބަރ 2023 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލްކޮށްގެނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 50/- (ފަންސާސް ރުފިޔާ) ގެ ނޮން-ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މެއިލް ކުރައްވާނީ [email protected] އަށެވެ.

.

 

 

ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

  • ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓޭޗްކުރަންވާނެއެވެ. އަދި، މި އިދާރާއަށް ވަޑައިގެން ރަޖިސްޓްރީވާނަމަ، މި އިދާރާއަށް ހުށަހަޅުއްވަން ވާނެއެވެ.

އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުން އޮންނާނީ 15 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ހދ.ފިނޭ ކައުންސިލު އިދާރާގައެވެ.

އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު ކުންފުނީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެފަރާތުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ކުންފުނީގެ ވެރިފަރާތުގެ ސިޓީއާއި އަންނަ ފަރާތުގެ އައި.ޑީ.ކާރޑް ސާފުކޮޕީއެއް  ގެންނަންވާނެއެވެ.

 

އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

 ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލާއި، އެހެނިހެން މަޢުލޫމާތު ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެ އެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 އޮކްޓޫބަރު 2023
ހޯދާ