ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެލްތް ޑޭ ފެސިލިޓީއެއް ޤާއިމުކުރާ ފަރާތަކަށް ޓޫރިޒަމް ޒޯނުން ބިމެއް ކުއްޔަށް ދޫކުރުން

ހެލްތް ޑޭ ފެސިލިޓީއެއް ޤާއިމުކުރާ ފަރާތަކަށް ޓޫރިޒަމް ޒޯނުން ބިމެއް ކުއްޔަށް ދޫކުރުން:

             ހއ.ފިއްލަދޫ ކައުންސިލުން ތަރައްޤީކުރާ 2000 އެނދުގެ ޓޫރިސްޓް ވިލެޖައް އަމާޒުކޮށް ކައުންސިލުން ދައްކާ ބިމެއްގައި ،"ހެލްތް ޑޭ ފެސިލިޓީއެއް" ޑިވެލޮޕްކޮށް ކައުންސިލާއި ހަވާލުކުރާނެ ފަރާތަކަށް 50 ހާސް އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް މަދުވެގެން މަހަކު 50ލާރީގެ ރޭޓުން 50އަހަރަށް، ގެސްޓް ހައުސް/ ހޮޓާ އެޅުމަށް ދޫކުރުމަށް ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.      

"ހެލްތް ޑޭ ފެސިލިޓީއެއް" ޑިވެލޮޕްކުރެވޭނެ މިންގަނޑު  

1- މިފެސިލިޓީ ގައި މަދުވެގެން 4 ކޮންސަލްޓޭޝަން ރޫމް، 1ޑެންޓަލް ރޫމް، 1ލެބޯޓަރީ، 1އެކްސްރޭ، 1ފާމަސީ 1އޮފީސް ، 1ޓްރީޓްމަންޓްރޫމް، ޕޯޓިކޯ އަދި މިނޫންވެސް މިކަމާއި ގުޅުން ހުރި ޙިދުމަތްތައް ޤާއިމް ކޮށްދޭންވާނެއެވެ. މިޚިދުމަތާއި، ތަނުގެ ފެންވަރަކީ ޓޫރިސްޓުންނަށް ޚިދުމަތްދެވޭނެ ޒަމާނީ ފެންވަރުގެ ތަނަކަށް ވާންވާނެވެ.

2- މިފެސިލިޓީ ކޮމްޕްލީޓް ކުރުމަށްފަހު ، މިފެސިލިޓީ ކައުންސިލާއި ހަވާލު ކުރަންވާނެއެވެ.

3- މިފެސިލިޓީ ހިންގުމުގެ ޤާބިލް އަދި މިފަދަ ފެސިލިޓީއެއް ހިންގުމުގެ 15 އަހަރުގެ ތަޖުރިބާހުރި ފަރާތަކަށް ވާންވާނެއެވެ.

4- މިފެސިލިޓީ މަދުވެގެން 3 އަހަރު ކައުންސިލާއި ގުޅިގެން ހިންގުމުގެ ހުރިހައި ކަމެއް ކޮށްދީ ޒިންމާނަގަންވާނީ ޕްރޮޕޯސަލް ހުށައަޅާ ކާމިޔާބުކުރާ ފަރާތުންނެވެ.

5- ޓޫރިޒަމް ވިލެޖަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާނެ ތަނަކަށްވާނެތީ، މިފެސިލިޓީގައި ވާރކްޕާރމިޓް މެޑިކަލް މަސައްކަތް ފުރިހަމައަށް ހެދޭނެގޮތް ހަމަޖެހިފައި ހުންނަންވާނެއެވެ.

6- މިގޮތުން ފެސިލިޓީ ހިންގަމުން ދާއިރު އަހަރެއްގެ މައްޗަށް މަދުވެގެން  20 މެޑިކަލް ސްޕެޝަލިސްޓު އަދި ސްޕަރ ސްޕެސިއަލިޓީ ވިޒިޓް ހަމަޖައްސަންވާނެއެވެ.

7- މިފެސިލިޓީ ކައުންސިލާއި ހަވާލުކުރާއިރު ހުންނަންވާނީ ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތުގެ އަމިއްލަ ހަރަދުގައި ކައުންސިލުން ދައްކާބިމުގައި ، ފުލީ އިކުއިޕްޓްކޮށް އެކްޝަން، ލެބޯޓަރީ އަދި މިނޫންވެސް ފެސިލިޓީތައް ޤާއިމުކޮށް ފުރިހަމަ ކުރެވިފައެވެ.

8- ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތުން 1 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ކައުންސިލައް ދައްކަންވާނެއެވެ.

9- މި ޕްރޮޕޯސަލް ކާމިޔާބުކުރާފަރާތުން ގެސްޓްހައުސް/ހޮޓާއެޅުމަށް ދޫކުރެވޭ ބިމަށް ، ކަނޑައެޅިފައިވާ ކުލިދައްކަންފަށާނީ ބިމުގެ އެގްރިމެންޓްގައި ސޮއިކުރާ ތާރީހުންފެށިގެން 61 ވަނަ މީލާދީ މަހުންފެށިގެންނެވެ.

10- ގެސްޓްހައުސް/ ހޮޓާ އެޅުމާއި މި ފެސިލިޓީ ގެ މަސައްކަތް ނިންމައި، މަދުވެގެން 2 އަހަރުގެ ތެރޭގައި ޙިދުމަތް ދޭން ފަށަންވާނެއެވެ.

11-  މީގެ އިތުރުން ބިމަށްއެދި ހުށައަޅާފަރާތުން ، ހުށައަޅާ އިތުރު ކަންކަމާއި، ސީއެސް އާރުގެ ގޮތުގައި ހުށައަޅާ ކަންކަމަށް ބަލައި އިސްކަންދެވޭނެއެވެ.

            ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާޓްނަރޝިފްތަކަށާއި ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

            ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިޑިން ޑޮކިއުމެންޓް ޚިއްސާކުރެވޭނެވެ. ޕްރޮޕޯސަލް ހުށައަޅާނީ 19 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ށެވެ. ރަޖިސްޓްރީ ކުރާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.

05 އޮކްޓޫބަރު 2023
ހޯދާ