ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
1ވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް

1ވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތާރި ބެހޭ:

މި އެސޯސިއޭޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ 01 ވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތް 27 އޮކްޓޯބަރ 2023 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކަށް ޕަރޓިސިޕޭޝަން ފޯމާއި މުބާރާތުގެ ޤަވާޢިދު 05 އޮކްޓޯބަރ 2023 އިން ފެށިގެން ކެރަމް އެސޯސިއޭޝަނުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ޕާޓިސިޕޭޝަން ފޯމް އޮންލައިންކޮށްވެސް ހުށައެޅޭނެއެވެ.

ވީމާ، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2023 ވާ ދުވަހުގެ ރޭ 23:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ.

 

05 އޮކްޓޫބަރު 2023
ހޯދާ