ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރާއި އިންވެގެން ދެކުނަށް އޮތް މަގަށްއަރާ ރުއްގަހުގެ ނީލަން ކިއުމާއިބެހޭ

ދ.ކުޑަހުވަދޫ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރާއި އިންވެގެން ދެކުނަށް އޮތް މަގަށްއަރާ ރުއްގަހުގެ ނީލަންކިއުމާއިބެހޭ

v     ދ.ކުޑަހުވަދޫ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރާއި އިންވެގެން ދެކުނަށް އޮތް މަގުގައި ނޫކުލައާއި ފެހިކުލައިން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ނީލަންކިއުން 2023 އޮކްޓޫބަރު 11 ވާ ބުދަ ދުވަހުގެ 9:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.

v     މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ.

v     ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން ރުއްގަސް ކަނޑަން ވާނީ ފައިސާ ދެއްކުމަށްފަހުގައެވެ.

v     ނީލަމުން ނަންގަވާ ތަކެއްޗަށް 2023 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފައިސާ ދައްކަވަން ވާނެއެވެ.

v     އޮންލައިންކޮށް  ފައިސާ   ދައްކަން  ބޭނުންވާ   ފަރާތްތަކުން   ފައިސާ  ދައްކާނީ   156 000135  7730 ( 1430   ( 01 REVENUE  ނަންބަރަށެވެ. އަދި ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 9781899 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ.

v     އަދި 2023 އޮކްޓޫބަރު 21 ގެ ނިޔަލަށް ނީލަމުން ނެންގެވި އެންމެހާ ތަކެއްޗެއް ގެންގޮސް ތަން ސާފުކުރަން ވާނެއެވެ. 

v  ނީލަމުން ނަގާ ރުއްގަސްތަކަށް ފައިސާ ދެއްކުމަށްފަހު ކަނޑައި ސާފުކުރުމަށް ދެންނެވިފައިވާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ އެރުއްގަސްތަކާމެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.

v     މި ނީލަމާއިގުޅިގެން މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6761005 ނަންބަރާއި ގުޅުއްވުން އެދެމެވެ.

                         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

04 އޮކްޓޫބަރު 2023
ހޯދާ