ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ލެކްޗަރަރ)

މަޤާމް :ލެކްޗަރަރ
ބޭނުންވާ އަދަދު :1

ކޯހުގެ ނަން: ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް

މުސާރަ:

މި ކޯހަކީ ކޯޕްރޭޓް އުސޫލުން ހިންގާ ކޯހަކަށް ވުމާއިއެކު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކިޔަވައިދޭ ކޮންމެ ގަޑިއިރަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)ގެ މަގުން ފައިސާ ދެވޭނެއެވެ.

މީގެ އިތުރުން ކިޔަވަދޭ މޮޑިއުލްއިން ދަރިވަރުން އެސެސްކުރުމަށްޓަކައި ނަގާ އިމްތިހާނުތަކުގެ މާކުކުރާ ކޮންމެ އިމްތިހާނު ކަރުދާހަކަށް އަދި ކިޔަވަދޭ މޮޑިއުލްއިން ދަރިވަރުން އެސެސްކުރުމަށްޓަކައި މާކުކުރާ ކޮންމެ އެސައިންމެންޓަކަށް -/35ރ (ތިރީސް ފަސް ރުފިޔާ)ގެ މަގުން ފައިސާ ދެވޭނެއެވެ.

ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުގެ ތިރީގައި މިދަންނަވާ މޮޑިއުލްއަށް ލެކްޗަރަރއިން ބޭނުންވެއްްޖެ.

މޮޑިއުލް، ޝަރުތު އަދި ކިޔަވައިދޭ ގަޑި:

މޮޑިއުލް؛ 

  • ސެކިޔުރިޓީ ރިސްކް މެނޭޖްމަންޓް (12 ނޮވެމްބަރ 2023 އިން 13 ޑިސެމްބަރ 2023 )

ޝަރުތު؛

  • ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީ ހާސިލް ކޮށްފައިވުން.

މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ވަގުތު؛

  • ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ 16:30 ން 22:00 އަށް 

ސުންގަޑި:

 މޮޑިއުލް ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ސިޓީއަކުން ނުވަތަ އީމެއިލްގެ ޒަރީއާއިން ސީ.ވީއާއިއެކު މި ކޮލެޖުގެ އީ-މެއިލް އެޑްރެސް [email protected] އަށް 2023 އޮކްޓޫބަރ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.

ނޯޓް: މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ ގުޅުއްވާނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަހީދު (ފޯން ނަންބަރ: 9921071) އާއި އެވެ.

 

04 އޮކްޓޫބަރު 2023
ހޯދާ