މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން ބަންޑަރަގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު ކަނޑައެޅުން

ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށް ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުން.

           ޤަވާޢިދު ނަމްބަރ 181-R/2022 ، ދިރިއުޅުމަށްދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ހ) ގެދަށުން ބަންޑާރަގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި އެގޯތި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ދީފައިވުމާއެކު  ، ބ ގޮއިދޫއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑަރަގޯތި އަމިއްލަކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ ގޯތީގެ ކޮންމެ އަކަފޫޓަކަށް -/50 (ފަންސާސް ރުފިޔާ ) ކަމަށް މިކައުންސިލްގެ 116 ވަނަ ޢާންމު ޖަލްސާ (30 އޯގަސްޓް 2023 ) އިން  ނިންމާފައިވާތީ ، މިއިޢުލާން ގެޒެޓް ކުރެވޭ ތާރީޚުން ފެށިގެން މިދެންނެވި ނިންމުމަށް ޢަމަލުކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2023
ހޯދާ