މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް އިންތިޚާބުކުރާ މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

­­­­­­­­­­­­­­­­­­­­­­­­­އިޢުލާން    

ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް  އިންތިޚާބުކުރާ މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން: 

މިއިދާރާގެ ނަންބަރ: (IUL)338-ESMS/338/2023/61 (06 އޮގަސްޓް 2023) ވަނަ ދުވަހު ކުރެވުނު އިއުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް، ކ. ގުރައިދޫ އާންމު ރައްޔިތުން ތަމްސީލް ކުރާ 02 (އެކެއް) މެންބަރުން، އިންތިޚާބުކުރަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 01 (އެކެއް) ފަރާތަކުން ކަމުގައިވާތީ ކަމަށްވަތީ، ކ. ގުރައިދޫގެ އާންމު ރައްޔިތުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންވީމެވެ.  

 ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 އޮކްޓޯބަރ 15 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ނަން ހުށަހެޅުއްވުން އެދެމެވެ. 

ވީމާ، އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

04 އޮކްޓޫބަރު 2023
ހޯދާ