ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗްއެސް.ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން އަދި މާކަރުން ހޯދުން

2023 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗްއެސް.ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން އަދި މާކަރުން ހޯދުން

 

2023 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން އަދި މާކަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

އެގްޒޭމިނަރ

02

02

އޮޑިޓަރ

02

02

މޮޑަރޭޓަރ

04

04

މާކަރ

16

16

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ ސްކީމް ފައިނަލް ކުރުން:

   14 އޮކްޓޫބަރު 2023 އިން 24 އޮކްޓޫބަރު 2023 އަށް  (14:00 އިން 18:00 އަށް)

  1. މާކިންގ ވާރކްޝޮޕް:

28 އޮކްޓޫބަރު 2023 އިން 31 އޮކްޓޫބަރު 2023 އަށް  (14:00 އިން 18:00 އަށް)

  1. މާކިންގ:

01 ނޮވެންބަރު 2023 އިން 18 ނޮވެންބަރު 2023 އަށް (14:00 އިން 18:00 އަށް) 

 

އުޖޫރަ:

  1. މާކިންގ ސްކީމް ފައިނަލް ކުރުމާއި މާރކިންގ ވާރކްޝޮޕް ހިންގައި ދިނުން: 12،000.00  (ބާރަހާސް) ރުފިޔާ
  2. އެގްޒޭމިނަރުގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.  
  3. އޮޑިޓިންގ އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/4,000ރ (ހަތަރުހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  4. މޮޑަރޭޓިންގ އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/3,000ރ (ތިންހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  5. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް 60.00 (ފަސްދޮޅަސް) ރުފިޔާ އެވެ.
  6. މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.

ޝަރުޠު:

އެގްޒަމިނަރ، އޮޑިޓަރ، މޮޑަރޭޓަރ ކަމަށް އެދޭ މީހުންގެ ޝަރުޠު:

  1. މިއަހަރު އިމްތިޙާނުގައި ތިމާއާއި ތިމާގެ ދަރިންނާއި އަނބި / ފިރި، ބައިވެރި ނުވާ ފަރާތަކަށްވުން
  2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތުން
  3. ކީސްޓޭޖް 4 އަދި 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުމާއެކު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު މާކިން މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައިވުން ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި ފަންނީލަފާދޭ ފަރާތަކަށްވުން
  4. ވޭތުވެދިޔަ އަހަރު މާކަރެއްގެ ގޮތުގައި މާކިންގައި ބައިވެރިވެފައިވާނަމަ، މާކިން ނިމުނުއިރު ލިބިފައިވާ ޕޮއިންޓް 85 އަށް ވުރެ ދަށްވެފައި ނުވުން.

މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:

1. މިއަހަރު، އިމްތިޙާނުގައި ބައިވެރިނުވާ ފަރާތަކަށްވުން

2. މާއްދާއާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ކީސްޓޭޖް 4،3 އަދި 5 ގެ ސިލަބަހަށް     ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި ފަންނީ ލަފާދޭ ފަރާތަކަށްވުން ނުވަތަ ދާއިމީ ލެކްޗަރާއެއްގެ ގޮތުގައި ދިވެހި / އިސްލާމް ޓީޗަރުން ތަމްރީންކުރުމުގައި 2 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ ފަރާތަކަށްވުން  

މަސްޢޫލިއްޔަތު:

1-      އެގްޒޭމިނަރުން،އޮޑިޓަރުން، މޮޑަރޭޓަރުން: 2023 ވަނަ އަހަރު އޮކްޓޫބަރު ގައި އޮންނަ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އެކުލަވާލާ އިސްޓީމުގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވެ، ޗީފް އެގްޒޭމިނަރގެ ލަފަޔާ އިރުޝާދުގެ ދަށުން އެ އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލްކުރުމާއި މާކަރުންގެ ވާކްޝޮޕް ބޭއްވުމާއި މާކިން މަސައްކަތް ބެލެހެއްޓުމާއި ދޭންޖެހޭ ލަފާދިނުމާއެކު ނިންމަންޖެހޭ ނިންމުންތައް ނިންމުން.

2-      މާކަރުން: 2023 ވަނަ އަހަރު އޮކްޓޫބަރު ގައި އޮންނަ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު:      %45                 
  2. ކިޔަވައި ދިނުމުގެ ތަޖުރިބާ:  %21   
  3. މާކިންގ މަސައްކަތު ތަޖުރިބާ: %34

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  1. އެގްޒޭމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން ކަނޑައަޅާނީ މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.
  2. މާކަރުން ކަނޑައަޅާނީ މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ ޕޮއިންޓާއި 4 ދުވަހުގެ މާކިންގ ވާރކްޝޮޕް ފުރިހަމަ ކުރުމުން ލިބުނު ޕޮއިންޓް ޖުމުލަ ކުރުމުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  3. އެ މާއްދާއާ ގުޅޭ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓާއި ތަޖުރިބާގެ ލިޔުންތައް
  4. ޓީޗަރެއްނަމަ ކީސްޓޭޖް 4،3 އަދި 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭކަން އެނގޭނެ ރަސްމީ ލިޔުން
  5. ލީޑިންގ ޓީޗަރެއްނަމަ އެމަޤާމުގައި މަސައްކަތްކުރި / ކުރާ އަހަރު (ތައް) އެނގޭނެ ރަސްމީ ލިޔުން
  6. ސިލަބަހުގެ މަސައްކަތުގައި ނުވަތަ ފަންނީލަފާދޭ މުއައްސަސާ އެއްގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން
  7. ޔުނިވަރސިޓީ / ކޮލެޖް ގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

 2023 އޮކްޓޫބަރު 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ހ. އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށް ހުށަހެޅުން ނުވަތަ އީ މެއިލް މެދުވެރިކޮށް ނަމަ [email protected] އަށެވެ.
  • މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
04 އޮކްޓޫބަރު 2023
ހޯދާ