މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެންޓްރަލް ޕާރކްގެ ވޯކްވޭގައި އެތުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ސެންޓްރަލް ޕާރކްގެ ވޯކްވޭގައި އެތުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީއާއި މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާޠިލުކޮށް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ސެންޓްރަލް ޕާރކްގެ ވޯކްވޭގައި އެތުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.

މަޢުލޫމާތު ދިނުން

2023 އޮކްޓޫބަރު 11 ވާ ބުދަ ދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުން

2023 އޮކްޓޫބަރު 18 ވާ ބުދަ ދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު6602519,6602514  ފޯނާއި ގުޅުއްވުން އެދެމެވެ.

04 އޮކްޓޫބަރު 2023
ހޯދާ