ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ:

                         ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފުރުސަތުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން "ގއ. މާމެންދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" ގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ. މި ފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 40 ގޯއްޗެވެ.

                         ވީމާ، ގޯތި ބޭނުންވާ ފަރާތްތަކުން މި ދަންނަވާ ގޮތުގެމަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ. އަދި ފޯމު ބަލައިގަންނައިރު، ޕްރޮސެސިންގ ފީގެ ގޮތުގައި -/25ރ (ފަންސަވީސް) ރުފިޔާގެ ފީއެއް ނެގޭނެއެވެ.

  • ފޯމްދޫކުރުން: 2023 އޮކްޓޫބަރު 04 ވާ ބުދަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 08 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 13:00 އަށް.
  • ފޯމްބަލައިގަތުން: 2023 ނޮވެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމަޔަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް.

                         އަދި ދަންނަވަމެވެ. 2023 ނޮވެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ފަހުން މި އިދާރާއަށް ގެންނަ ފޯމްތައް ބަލައިގަނެވެން ނޯންނާއެވެ. އަދި ގޯއްޗަށް އެދޭ ފޯމާއި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓު އަދި "ގއ. މާމެންދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" މި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

                         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ސެޕްޓެންބަރު 2023
ހޯދާ