ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީ ހިންގަމުން ގެންދާ  މއ. އުތުރުވެހި 5 ވަނަ ފަންގިފިލާ، 1 އަހަރު ދުވަހުގެ މުއްދަތަށް (ކޮންމެ މަހަކު 2 ފަހަރު)  ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލުމާތު ކަރުދާހާއި ޗެކްލިސްޓް ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

ޕްރޮޕޯސަލް ބަލައިގަތުން:

ޕްރޮސަލް އީމެއިލްކުރަންޖެހޭ އެޑްރެސް: [email protected] 

ސުންގަޑި : 15 އޮކްޓޫބަރު 2023 ދުވަހުގެ ރޭގަނޑު 23:59:59 ގެ ނިޔަލަށް.

ޕްރޮޕޯސަލް ހުޅުވުން:

އެޑްރެސް: މއ. އުތުރުވެހި/  5 ވަނަ ފަންގިފިލާ / ކެނެރީމަގު

ތާރީޚާއި ގަޑި: 16 އޮކްޓޫބަރު 2023 ދުވަހުގެ ހެނދުނު 11:00ގައި

ޕާސްވޯޑް ހިއްސާކުރުން :ޕްރޮޕޯސަލް ހުޅުވުމަށް ކަނޑައަޅާފައިވާ ގަޑިއަށް އޮތޯރިޓީއަށް ހާޒިރުވެ ޕާސްވޯޑް ހިއްސާކުރަންވާނެއެވެ

ނޯޓް: އޮތޯރިޓީއަށް ވަޑައިގެން އޮތޯރިޓީއާ ހިއްސާކުރާ ޕާސްވޯޑްގައި މައްސަލައެއްޖެހިގެން ޑޮކިއުމަންޓް ނުހުޅުވިއްޖެނަމަ ބިޑް ބާތިލުކުރެވޭނެކަމުގައި ދެންނެވީމެވެ. 

 

އިމާރާތް ބަލަން ބޭނުންވާ ފަރާތްތަކަށް 9 އޮކްޓޫބަރު 2023  ވަނަ ދުވަހު 14:45 އަށް މއ. އުތުރުވެހި 5 ވަނަ ފަންގިފިލާއަށް ވަޑައިގެން ދެއްވުންއެދެމެވެ. 

 

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 10 އޮކްޓޫބަރު 2023 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. ހުށަހެޅޭ ސުވާލުތަކާގުޅިގެން ދެވޭ ޖަވާބު އޮތޯރިޓީގެ ވެބްސައިޓް  (www.cmda.gov.mv) ގައި 12 އޮކްޓޫބަރު 2023ގެ  15:00ގެ ކުރިން ޝާއިޢުކުރެވޭނެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ                                                   
5 ވަނަ ފަންގިފިލާ، މއ. އުތުރުވެހި،
ކެނެރީމަގު، މާލެ
ފޯނު: 3336619
03 އޮކްޓޫބަރު 2023
ހޯދާ