ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
9 ރުއް ނީލަންކިޔުން (3 ވަނަ އިޢުލާން)

9 ރުއް ނީލަންކިޔުން (3 ވަނަ އިޢުލާން)

                   ތިރީގައިމިވާ ރުއްތަކަކަކީ އެސަރަޙައްދުގައި ހުރި ގެތަކަށް ދަތިވާގޮތަށްހުރި ރުއްތަކެއް ކަމަށްވަތީ ރުއްތައް ކެނޑުމަށް ޓަކައި ވެރިންނަށް ބަދަލު ދިނުމަށް އެތައް ފަހަރެއްގެ މަތިން ވެރިން ހޯދަން އިޢުލާން ކުރެވިފައިވާ ރުއްތަކެކެވެ. ނަމަވެސް ރުއްތަކުގެ ވެރިން މި އަދާހަމައަށްވެސް އެނގިފައިނުވާތީ ބަދަލު ނުދެވި ހުރުމުގެ ސަބަބުން ރުއްތައް  ކެނޑޭގޮތްވަނީ ނުވެފައެވެ. އެ ރުއްތަކުން ގެތަކަށް ގެއްލުން ތަކެއް ލިބެމުންދާކަމުގެ ޝަކުވާތައް ކޮންމެ ދުވަހަކުހެން މި އިދާރާއަށް ދަނީ ލިބެމުންނެވެ. އެހެންކަމުން ރުއްތައް ނީލަން ކިޔުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ނީލަމުން ނަގާ ރުކަށް 3 ދުވަސް ތެރޭގައި ފައިސާ ދެއްކުމަށްފަހު 7 ދުވަސްތެރޭގައި ރުއް ކަނޑައި ތަން ސާފުކުރަންވާނެއެވެ.

                   މި ރުއްތައް ނީލަން ކިޔުން އޮންނާނީ 06 އޮކްޓޯބަރު 2023 ވާ ހުކުރު ދުވަހު 10:00 ގައި ރުއްތައް ހުރި ސަރަޙައްދުގައެވެ. ފާހަގަ ޖަހާފައިވާ ރުއްތަކުގެ ވެރިން މި މުއްދަތުގެ ކުރިން އެމަޢުލޫމާތު މި އިދާރާއަށް ހިއްސާ ކޮށްދެއްވައި ބަދަލުގެ ފައިސާ ކަންކަން ހަމަޖެއްސެވުމަށް އަންގަމެވެ.

 

ރުއްތައް ހުރި ސަރަޙައްދު

ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ އަދި ނަންބަރު

  • ވިލާޑީލައިޓު،ހިޔާވަހި،ހަނދުވަރީމަންޒިލް ގޯތީގެ ހުޅަނގުފަރާތް (ގޯއްޗަށް ދަތިވާ ރުއް)

އޮރަންޖު ކުލައިގެ ދަވާދުން 1،2،3،4 ނަންބަރު

  • ޒަމީން، ބުލޫބަރޑު، ދޫރެސް 3 ގޯތީގެ ހުޅަނގުފަރާތް (ގޯއްޗަށް ދަތިވާ ރުއް)

އޮރެންޖު ކުލައިގެ ދަވާދުން 5،6،7،17،18 ނަންބަރު

                  

                 މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

03 އޮކްޓޫބަރު 2023
ހޯދާ