މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުންމީދު ދޯނި މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް

މިރަށު ރައްޔިތުންގެ (އުންމީދު) ދޯނި 2އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ދޯނީގެ މަޢުލޫމާތު:

  1. ދިގުމިން: 14.500 މީޓަރ
  2. ފުޅާމިން: 03.900 މީޓަރ
  3. ގްރޮސްޓަނޭޖް: 03.830 މީޓަރ
  4. ބާވަތް: ފައިބަރ (ސަތަރި ދޯނި)
  5. އިންޖީނު: ޔަންމާ 255 ހޯސްޕަވަރ (ޑީސަލް)
  6. މޮޑެލް: 6CH-UTE

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 13ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

05 ޖުމާދަލްއޫލާ 1436

25 ފެބުރުވަރީ 2015
ހޯދާ