މަރަދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ ކެޑޭޓް ބޭސިކް ކޭމްޕުގެ ބައިވެރިވާ ފަރާތްތަކަށް ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް.

މިސްކޫލުގެ ކެޑޭޓް ބޭސިކް ކޭމްޕުގެ ބައިވެރިވާ ފަރާތްތަކަށް ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

 

މި މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 އޮކްޓޯބަރ 2023 އިން 05 އޮކްޓޯބަރ 2023ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

 

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

 

2- ރަޖިސްޓްރީ ނަންބަރު.

 

3- އީމެއިލް އެޑްރެސް.

 

4- ގުޅޭނެ މޯބައިލް ނަންބަރު.

 

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ 09 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލްގައެވެ.

 

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަރަދޫ ސްކޫލް

 

މަރަދޫ ، އައްޑޫސިޓީ

 

ފޯން: 6890941

 

އީ-މެއިލް: [email protected]

 

މިސްކޫލުގެ ކެޑޭޓް ބޭސިކް ކޭމްޕުގެ ބައިވެރިވާ ފަރާތްތަކަށް ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

03 އޮކްޓޫބަރު 2023
ހޯދާ