ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން

ގދ. ނަޑެއްލާ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރ:(IUL)418-AS/418/2023/39  (17 ސެޕްޓެމްބަރ 2023) އިޢުލާން ބާޠިލްކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތާބެހޭ އެންމެހާ ލިޔެކިޔުންތައް މި ލިންކުން https://tinyurl.com/ijtworks23 ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު ކޯޑު ސްކޭންކޮށްގެން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުގެ ހާރޑުކޮޕީ މި އިދާރާގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 10 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ތިރީގައިއެވާ ގޫގަލް ފޯރމްއިން ރެޖިސްޓްރީކުރެވޭނެއެވެ.  

ގޫގަލް ފޯރމް ލިންކް: https://shorturl.at/gpMOP

 

 

ބީލަން ހުށަހެޅުން އޮންނާނީ 11 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން، އިޢުލާނު ނަމްބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

29 ސެޕްޓެންބަރު 2023
ހޯދާ