ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މުސާރަ:

7،500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް: 2،000.00 ރުފިޔާ

 ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފައިސާއާބެހޭ އެންމެހާ ލިޔެކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ އުޞޫލާއި އެއްގޮތަށް ތައްޔާރުކޮށް ބެލެހެއްޓުން.
  2. ފައިސާއާބެހޭ އެންމެހާ ފޮތްތަކާއި އިންވެންޓްރީއާއި ، ފޯމެޓްތައް ތައްޔާރުކުރުން.
  3.  ކޮންމެ މަހެއްގެވެސް 5 ވަނަ ދުވަހުގެ ކުރީން ހުރިހާ އެކައުންޓް ތަކެއްގެ ޚަރަދު ރިޕޯރޓާއި، ތިޖޫރީ ރިޕޯރޓާއި، ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް އަދި އާމްދަނީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  4. މެންބަރުންނާއި މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. ދުވަހުން ދުވަހަށް ޙަރަދުތައް ބަޖެޓް ރިޕޯޓަށް އަޕްޑޭޓްކޮށް ބަޖެޓް ބާކީ ބެލެހެއްޓުން.
  6. ޓްރައިބިއުނަލަށް ހޯދާ ތަކެއްޗާއި ޚިދުމަތްތަކުގެ ބިލްތައް ލިބޭދުވަހު ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސެޕް ސިސްޓަމްއަށް އެޅުމަށްފަހު ޕޯސްޓްކުރުމަށް ހަވާލުކުރުން.
  7. ޓްރައިބިއުނަލްގެ ހިސާބުތައް މާލީޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.
  1. މާލީޒިންމާދާރު ވެރިޔާގެ ލަފާގެ މަތީން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  2. އާމްދަނީ ފައިސާ ބެލެހެއްޓުމާއި ޖަމާކުރުން.
  3. ޕެޓީކޭޝް ފައިސާ ބެލެހެއްޓުން.
  4. ތިޖޫރި ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ގޮތެއްގެމަތިން ތިޖޫރި ރިޕޯޓް ހަދާ ފޮނުވަންޖެހޭ އޮފީސްތަކަށް ފޮނުވުން.
  5. ފައިނޭންޝަލް ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކުރުރާސްތާ، މެދުރާސްތާ އަދި ދުރު ރާސްތާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  6. ބަޖެޓުން ޚަރަދުކުރެވޭ ގޮތުގެ ކޮމްޕެރިޒަން ހެދުމާއި، ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭކަންތައްތައް ދެނެގަތުން. 
  7. ބަޖެޓަށް ލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭކަން ޔަޤީން ކުރުން.
  8. ޓްރައިބިއުނަލްގެ ފައިނޭންޝަލް ސިސްޓަމެއް ޤާއިމްކުރުމަށް ބޭނުންވާ ޕޮލިސީއާއި ޕޮރޮސީޖަރތައް ލިޔުމުގައި މާލީޒިންމާދާރު ވެރިޔާއަށް އެހީތެރިވެދިނުން.
  9. މާލީ ބަޔާން ތައްޔާރުކުރުމުގައި މާލީޒިންމާދާރު ވެރިޔާއަށް އެހީތެރިވެދިނުން.
  10. ޓްރައިބިއުނަލްގެ މާލީ ހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓަށް ފަހު ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
  11. ކްރެޑިޓް ސްކީމްއާއި އޮފީސް މެދުވެރިކޮށް މުވައްޒަފުން ނަގާ ލޯނާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަންތަކާގުޅޭ ރިކޯޑް ބަލަހައްޓާ އަދި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތުކުރުން.
  12.   ޤާނޫނާއި، ޤަވާއިދު، އުސޫލުތައް އަދި ޑިރެކްޓަރގެ ލަފާގެ މަތިން ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.
  13. ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާއާގުޅޭ ލިޔުންތައް ޤަވާޢިދުން ފުރިހަމަވެފައި ހުރިތޯ ބަލައި ކަނޑައެފައިވާ މުއްދަތެއްގައި ބިލްތަކާއި ލިޔުންތަކަށް ފައިސާ ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  14. ހޯދަން ބޭނުންވާ ޚިިދުމަތްތަކާ ގުޅިގެން ޖީ.އެލް ކޯޑްތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ޑިރެކްޓަރގެ ލަފާގެމަތިން ބަދަލު ގެނެސް މުދަލާއި ޚިދުމަތް ހޯދުމުގައި މުވައްސަސާއަށް އެންމެ ބޭނުންތެރިގޮތެއްގައި މަސައްކަތް ކުރުން.
  15. އަހަރީ އޮޑިޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް އޮޑިޓް ކުރުވުން.
  16. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފައިސާ ބަލައިގަންނަ ސިސްޓަމް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ސިސްޓަމް އަޕްޑޭޓްކޮށް ފައިސާ ބަލައިގަތުމެގެ މަސައްކަތް ކުރުން. 
  17. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައިގަންނަ ފައިސާ ޤަވާޢިދުން އެމް.އެމް.އޭއަށް ޖަމާވަމުންދޭތޯ ޔަޤީންކުރުން.
  18. ބަޖެޓް އެންޑް ފައިނޭންސަށް ފޮނުވާ / ލިބޭ ސިޓީ، މެސެޖްތަކަށް ޖަވާބު ތައްޔާރު ކުރުން.
  19. ފައިސާ އަދި ބަޖެޓާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް އިލެކްޓްރޯނިކްކޮށް ބެކްއަޕްކޮށް ފައިލް ކުރުން.
  20. ޝެކްޝަނުން ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ފައިލިންގް ސިސްޓަމް ހަރުދަނާކޮށް ބެލެހެއްޓުން.
  21. މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން މި މުވައްސަސާގައި ހެދިފައިވާ ފައިސާއާ ގުޅުންހުރި އެންމެހާ ކޮމިޓީތަކުގައި ބައިވެރިވުން.
  22. ދައުލަތުގެ މާލީ އިދާރާތަކާއެކު އޮންނަންޖެހޭ ގުޅުން ޤާއިމްކޮށް، މި މުވައްސަސާ ހަރުދަނާ ކުރުމަށް މުޢާމަލާތް ކުރަންޖެހޭ އެންމެހާ ފަރާތްތަކާއެކު ހަރުދަނާ ރަނގަޅު ގުޅުމެއް ޤާއިމުކުރުން.
  23. މީގެ އިތުރުން ޤަވާއިދު ތަންދޭ އެންމެ މަތީ ދަރަޖައަކަށް މި މުވައްސަސާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން.
  24. މަތީގައި ބުނެވިދިޔަ މަސައްކަތްތަކުގެ އިތުރުން ޓްރައިބިއުނަލްގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކުގައާއި ކުއްލިގޮތުގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެދިނުމާއި އަދި ޓްރައިބިއުނަލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ ބައިވެރިވާންވާނެއެވެ.  

 

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. ފައިނޭންސް
  1. އެކައުންޓިންގ

މަޤާމުގް މަސައްކަތުގް ދާއިރާތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރު 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

3. އައި.ޑީ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

 

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

11 ރަބީޢުލްއައްވަލް 1445

26 ސެޕްޓެމްބަރު 2023

26 ސެޕްޓެންބަރު 2023
ހޯދާ