މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމަށް މި މިނިސްޓްރީން ދޫކުރާ ލައިސަންސް ތައް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމާ ގުޅޭ

އެއްގަމު އުޅަނދު ދުއްވުމަށް މި މިނިސްޓްރީން ދޫކުރާ ލައިސަންސް ތައް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، "އިންޓަރނޭޝަނަލް ޑްރައިވިންގ ލައިސަންސް" ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް އެކަމަށް އެދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ.

ހަވާލާދެވުނު ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދެވޭނީ މި މިނިސްޓްރީން ދޫކޮށްފައިވާ އޭ-ޒޯނުގެ "ދާއިމީ ލައިސަންސް" ލިބިފައިވާ ފަރާތްތަކަށެވެ. އަދި މިގޮތުން ލައިސަންސް ދޫކުރެވޭނީ މި މިނިސްޓްރީން އެކަށައަޅާ ތަމްރީން ޕްރޮގްރާމް އެއް ފުރިހަމަކުރައްވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ޝަރުޠު ފުރިހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކަށެވެ. 

މިގޮތުން ދޫކުރެވޭ "އިންޓަރނޭޝަނަލް ޑްރައިވިންގ ލައިސަންސް" އަކީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެ ލައިސަންސް އެއް ކަމުގައި ވެސް ދަންނަވަމެވެ.

ވުމާއެކު، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

11 ރަބީޢުލްއަޢްވަލް 1445

26 ސެޕްޓެންބަރު 2023
ހޯދާ