މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގޭ ހިޔާ ޕޮރޮޖެކްޓްގެ ދަށުން ގެ އަޅަން ޝައުގުވެރިވާ ފަރާތްތަކުން ރެޖިސްޓްރީވުމަށް ހުޅުވާލުން

ކެނދިކުޅުދޫ ކައުންސިލުން ކުރިއަށް ގެންދާ "މަގޭ ހިޔާ" ޕްރޮޖެކްޓް ގެ ދަށުން 3 ކޮޓަރި އަދި އެއަށް ވުރެން ބޮޑެތި އެޕާޓްމަންޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލުގައި ނަންނޯޓް ކުރުމަށާއި ފޯމް ފުރުމަށް ހުޅުވާލަމެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގެއަޅަން ޝައުގުވެރިވާ ފާރާތްތަކުން ފުރުމަށް ހަމަޖެހިފައިވާ ފޯމް މިހާރު ކެނދިކުޅުދޫ ކައުންސިލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް ފޯމް ފުރަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ފުރާލެވޭނެ ވާހަކަ ދެންނެވީމެވެ.

ރެޖިސްޓްރޭޝަން ފޯމް: https://forms.office.com/r/YtWJJ6J3r5

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 12 އޮކްޓޫބަރ 2023 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށައެޅުމަށް ދެންނެވީމެވެ.  

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.   

26 ސެޕްޓެންބަރ 2023

11 ރަބީއުލްއައްވަލު 1445

26 ސެޕްޓެންބަރު 2023
ހޯދާ