ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023 ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023 ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

1-      އިހަވަންދޫ ކައުންސިލް އިދާރާއިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކައުންސިލް ކަޕް ފުޓަސަލް ޗެލެންޖް ހިންގާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2-      ޕްރޮޕޯސަލަށް ހުށަހެޅޭނީ ޤަނޫނު ނަންބަރު: 2014/18( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި' ޤާނޫނު ނަންބަރު: 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.

3-      މި ޕްރޮޕޯސަލްގައި ރަޖިސްޓްރީ ކުރުމަށް ‏2023‏ ސެޕްޓެމްބަރ‏ 26 އިން ‏2023‏ އޮކްޓޫބަރު 09 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500508 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

4-      މިޕްރޮޕޯސަލްއާއި ބެހޭގޮތުން މަޢުލޫމާތު ދިނުން ‏2023‏ އޮކްޓޫބަރު 11‏ ވާ ބުދަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.

5-      ޕްރޮޕޯސަލް ހުށަހެޅުމަށް ‏2023‏ އޮކްޓޫބަރު‏ 15‏ ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ [email protected]  އަށް މެއިލް ކުރެއްވުއެދެމެވެ.

6-      މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަދި ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

އ.ކައުންސިލް އެގްޒެކްޓިވް ޢަލީ އަރުޝަދު (ފޯނު ނަންބަރު 9850584)

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

‏                                    11‏ ރަބީޢުލްއައްވަލް‏ 1445

26 ސެޕްޓެންބަރު 2023
ހޯދާ