ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓުރޫމުގެ ސްޓޭޖާއި ބެކްޕެނަލް ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓުރޫމުގެ ސްޓޭޖާއި ބެކްޕެނަލް ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:

 

             މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ސްޓޭޖާއި ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

             މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 5 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވ. ކެޔޮދޫ މެޖިސްޓްރޭޓްކޯޓާއި، މި ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 5 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

             ބީލަން ހުށަހަޅާނީ 10 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

             ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

                              11 ރަބީޢުލްއައްވަލް 1445

                              25 ސެޕްޓެމްބަރ 2023

26 ސެޕްޓެންބަރު 2023
ހޯދާ