ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ދޫކުރުން

  1. ރައްޔިތުންގެ ތެޔޮފިހާރަ  ކުއްޔަށް ދިނުމަށް ކައުންސިލުން ނިއްމަވާފައިވާތީ ،މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ނަންބަރު ( ޤާނޫނު ނަންބަރު 18/2014 ) ގެދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 19/2014  ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 26 ސެޕްޓެންބަރު 2023 ން 11 އޮކްޓޫބަރު 2023 ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި އެވެ.
  4. ބީލަމުގައި ރަޖިސްޓްރީވެވޭނީ  ބީލަމުގައި ރަޖިސްޓްރީވުމަށް އެދި [email protected] އަށް މެއިލް ކުރުމުންނެވެ.
  5. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގެ މަޢުލޫމާތި ޝީޓް ދޫކުރެވޭނެއެވެ.
  6. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  7. ބަދަލުގައި އެހެން ފަރާތަކުން ބީލަންހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.
  8. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  9. ބީލަންހުޅުވުން އޮންނާނީ 19 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
  10.  ބީލަންހުށަހެޅުމަށް ބައިވެރިވެވޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
  11. ބީލަން ކެނޑުން އޮންނާނީ ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި ބީލަން ހުށަހަޅުއްވަން އަންނަ ހުރިހާ ފަރާތެއްހެ ހާޟިރުގައެވެ.
  12. ހުށަހަޅާ ބީލަންތަކުގެ މަޢުލޫމާތު ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭނެއެވެ.
  13. އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.

-          ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ

-          ފޯން: 6780038

-          އީމެއިލް: [email protected]

ވީމާ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ރަބީޢުލްޢައްވަލް    1445

26 ސެޕްޓެންބަރު 2023
ހޯދާ