ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތައް 2023

2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 26ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

(ހ) މި މުބާރާތްތައް ބެހިފައި ވަނީ ތިރީގައި މި ވާ 4 ބަޔަށެވެ.

  1. އިސްކޫލުތަކުގެ ބައި

      - ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)

      - ސާނަވީ ގިންތި (ކީ ސްޓޭޖް 4)

      - މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)

2. މަތީ ތަޢުލީމުގެ ބައި ) ޔުނިވަރުސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކެޑަމީ)

3. އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީގެ އުމުރުފުރާ)

4. އޮފީސް/ކުންފުނި/ކުލަބު/ޖަމުޢިއްޔާ/ޖަމާޢަތްތަކުގެ ބައި

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު، ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ބައިވެރިންގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި އެކެޑަމީގެ އީމެއިލް [email protected]  އަށް ހުށަހަޅަންވާނެއެވެ.

މި މުބާރާތްތައް އޮންނާނީ 2023 ނޮވެންބަރު މަހުގެ 24ވަނަ ދުވަހާއި 25ވަނަ ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ އިސްކޫލުތަކަށް މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން އަންގާނެއެވެ.

މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ.

https://dhivehiacademy.edu.mv/20202 ، https://dhivehiacademy.edu.mv/20195

https://dhivehiacademy.edu.mv/20187

އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7986230ން ލިބޭނެއެވެ.

 

26 ސެޕްޓެންބަރު 2023
ހޯދާ