އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު 137HR/2015/14 (ފެބުރުވަރީ 3، 2015) ގެ އިއުލާނުގައިވާ ތިރީގައިމިވާ މަޤާމްތަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމްތަކަށް ދެވަނަ ފަހަރަށް އިއުލާންކުރަމެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

މެކޭނިކް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1

ރޭންކް:  GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އެސްޓޭޓް ފެސިލިޓީސް އެންޑް ޓްރާންސްޕޯޓް / އިލެކްޓްރިކަލް އިންޖިނިއަރިންގ ޔުނިޓް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑިއުޓީގައި ވޯޑުތަކާއި ހޮސްޕިޓަލުގެ އެހެނިހެން ސަރަޙައްދުތަކުގައި ދިމާވާ އިލެކްޓްރިކަލް އަދި މެކޭނިކަލް މައްސަލަތައް ޙައްލުކޮށް، ލޮގުފޮތުގައި ނޯޓްކުރުމާއި، ޙައްލުނުކުރެވޭ މައްސަލައެއްނަމަ، ސްޕަވައިޒަރުން ނުވަތަ އިންޖިނިއަރއާ ގުޅައިގެން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  2. ޑިއުޓީއާއި ހަވާލުވާއިރު ޗެކްކުރަންޖެހޭ ތަންތަން ޗެކްކޮށް، ނިމުނު ޑިއުޓީގެ ލޮގު ބެލުމަށްފަހު، ޑިއުޓީއާ ހަވާލުކުރުވުމާއި، ޑިއުޓީ ނިންމާ ގަޑީގައި ހަވާލުވާ މީހުން ޗެކްކޮށް ނިމުމުން، ކުރެވުނު ޑިއުޓީގެ ލޮގް ކިޔައިދިނުމަށްފަހު، އެމީހުން ޑިއުޓީއާ ހަވާލުވުމުން ނޫނީ ތަން ދޫކޮށްފައި ނުދިއުން.
  3. ތަނަށް ކުއްލިގޮތަކަށް ދިމާވާ މައްސަލަތަކުގައްޔާއި، ސެކްޝަނުން ހިންގާ ބޮޑެތި މަސައްކަތްތަކުގައި ޑިއުޓީގަޑީގެ އިތުރުން ވެސް ތަނުން އެންގުމުން  ނުކުމެ އެ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވުން.

 

 ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މި މަޤާމަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް  

    ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

އިލެކްޓްރީޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:  GS.4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އެސްޓޭޓް ފެސިލިޓީސް އެންޑް ޓްރާންސްޕޯޓް / އިލެކްޓްރިކަލް އިންޖިނިއަރިންގ ޔުނިޓް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑިއުޓީގައި ގަޑިއަކު އެއްފަހަރު ބަލަންޖެހޭ އޮކްސިޖަން ޕެނަލްތަކާއި، ޕަންޕުރޫމުގެ ޕަންޕުތަކާއި، އޭސީ ޕްލާންޓް، އަދި ޖެނެރޭޓަރާއި އިލެކްޓްރިކަލް ޕެނަލްތައް ޗެކްކޮށް، އޭގެ ލޮގް ބަލައި، ލޮގުޝީޓުގައި ނޯޓްކޮށް، މިފަދަ އެއްވެސް އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ،  ސްޕަވައިޒަރުންނަށާއި އިންޖިނިއަރަށް ވަގުތުން އެންގުމާއެކު، މަސައްކަތް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  2. ޑިއުޓީގައި، ވޯޑުތަކާއި ހޮސްޕިޓަލުގެ އެހެނިހެން ސަރަހައްދުތަކުގައި ދިމާވާ އިލެކްޓްރިކަލް މައްސަލަތަކާއި މެކޭނިކަލް މައްސަލަތައް ޙައްލުކޮށް، ލޮގުފޮތުގައި ނޯޓްކުރުމާއި، ޙައްލުނުކުރެވޭ މައްސަލައެއްނަމަ، ސްޕަވައިޒަރުން ނުވަތަ އިންޖިނިއަރއާ ގުޅައިގެން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  3. ޑިއުޓީއާ ހަވާލުވާއިރު ޗެކްކުރަންޖެހޭ ތަންތަން ޗެކްކޮށް، ނިމުނު ޑިއުޓީގެ ލޮގު ބެލުމަށްފަހު، ޑިއުޓީއާ ހަވާލުކުރުވުމާއި، ޑިއުޓީ ނިންމާ ގަޑީގައި ހަވާލުވާ މީހުން ޗެކްކޮށް ނިމުމުން، ކުރެވުނު ޑިއުޓީގެ ލޮގް ކިޔައިދިނުމަށްފަހު، އެމީހުން ޑިއުޓީއާ ހަވާލުވުމުން ނޫނީ ތަން ދޫކޮށްފައި ނުދިއުން.

 

 

 ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކްޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް  

ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

ޓެކްނީޝަން

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:  GS.4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އެސްޓޭޓް ފެސިލިޓީސް އެންޑް ޓްރާންސްޕޯޓް / ރެފްރިޖެރޭޝަން ޔުނިޓް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހޮސްޕިޓަލުގައި ވަކިވަކިން ބެހެއްޓިފައިވާ ހުރިހާ އެއަރ ކޮންޑިޝަންތައް ސަރވިސްކުރަންޖެހޭ މުއްދަތުގައި ސަރވިސްކުރުމާއި، ރެޕެއަކުރަންޖެހޭ އޭސީތައް ރެޕެއަރކުރުމުގެ މަސައްކަތް ކުރުން.

2. ހޮސްޕިޓަލުގައި ބެހެއްޓިފައިހުރި ވީ.އާރ.ވީ ސިސްޓަމް މޮނިޓަރކޮށް ހިންގައި ބެލެހެއްޓުން.

3. ހޮސްޕިިޓަލުގަައި ހުރި އައިސްއަލާމާރިތަކާއި، ބަޔޮމެޑިކަލް ރެފްރިޖެރޭޓަރތަކާއި، ކޫލަރުތައް  ސަރވިސްކޮށް ބެެލެހެއްޓުމާއި، މަރާމާތު ކުރަންޖެހޭ ފަދަ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުން.

 

 

 

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކްޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް  

    ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. (ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚްތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

2015 މާރިޗު 11 ވާ ބުދަ ދުވަހުގެ 15.00 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

(2015 މާރިޗު 11 ވަނަ ދުވަހުގެ 15.00 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.)

އިންޓަރވިއު އޮންނާނެތާރީޚާއި ތަން:

2015 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 5 ޖުމާދަލްއޫލާ 1436
24 ފެބުރުވަރީ 2015
ހޯދާ