މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ މުވައްޒަފުންނަށް ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ މުވައްޒަފުންނަށް ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ޚިދުމަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހާ  ފަރާތްތަކަށް ހުޅުވާލަމެވެ.

  1. މި ޚިދުމަތް ހޯދުމަށް ބޭނުންވަނީ  12 މަސްދުވަހަށެވެ.

 2. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބޭހޭ ޤާނޫނު ނަންބަރ 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އެފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ"(އެމް.އެމް.އޭ)ގައި "އިންޝުއަރެންސް ޕްރޮވައިޑަރ" ނޫނީ "އިންޝުއަރެންސް ބްރޯކަރ" އެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

3. މި ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ އެންމެހާ  ފަރާތްތަކުން ޕްރޮޕޯސަލްތައް  ހުށަހެޅުމަށް  ދަންނަވަމެވެ. އަދި ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ކްރައިޓީރިއާ ބީލަމުގައި ރަޖިސްޓްރީ ކުރާ އެންމެހާ ފަރާތްތަކަށް ހިއްސާ ކުރެވޭނެއެވެ.

4. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވޭ މަޢުލޫމާތު ސެޝަނެއް  28 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 1330 ގައި ކަސްޓަމްސް ހެޑްއޮފީހުގައި އޮންނާނެއެވެ. ވީމާ، ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި މަޢުލޫމާތު ސެޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޮކްޓޫބަރު 2023 ވާއަންގާރަ ދުވަހުގެ 1330 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

 

5. ބީލަމުގައި ރަޖިސްޓްރީވުމަށް ([email protected] އަށް 08 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ 1330 ގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދި ފޮނުވާ މެއިލް ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން، ރަޖިސްޓްރީ ކުރުމަށް އެދި ފޮނުވާ މެއިލް ލިބުނުތޯ ޔަޤީންކުރުމަށްޓަކައި ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅައިގެން ޔަޤީން ކުރެވިދާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ސެޕްޓެންބަރު 2023
ހޯދާ