ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 3 ވަނަ ފުޓްސަލް މުބާރާތް 2023 ގައިބައިވެރިވުމާ ގުޅޭ

މި ކައުންސިލްގެ ފަރާތުން ހއ. ބާރަށުގައި ފުޓްސަލް ކުޅުމުގެ ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހި ކުރުމުގެ މަޤުޞަދުގައި ފިރިހެން/އަންހެން ޑިވިޝަންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހއ. ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބު، ޖަމުޢިއްޔާ، ޖަމާތްތަކަށާއި، ރަށުގެ އަމިއްލަ ފަރާތްތަކުގެ ނަމުގައި ޓީމުތަށް ބައިވެރިވެވޭ ގޮތަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 04 ނޮވެންބަރ 2023 ވާ ހުކުރުދުވަހުގެ ރޭގަނޑު 21:00 ގައެވެ.

               ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 19 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގައި ބައިވުމަށް އެދި ހުށައެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ސެޓާއި،މުބާރާތުގެ ޤަވައިދު 02 އޮކްޓޫބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ގަޑިތަކުގައި މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި މުބާރާތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކައުންސިލްގެ ފޯން: 6500016 އެވެ.          

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2023
ހޯދާ