މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ ފެރީ ތަރިކަ ދޯނި ކެޕްޓަންގެ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

ތުލުސްދޫ ފެރީ ތަރިކަ ދޯނި ކެޕްޓަންގެ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.  

މަގާމު

ދޯނި ކެޕްޓަން

ގިންތި

ވަގުތީ – 03 މަސް ދުވަސް

ރޭންކް

އެސިސްޓަންޓް ޓެކްނިކަލް ކައުންސިލް އޮފިސަރ (ޖީއެސް 1)

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ

-/4465 ރުފިޔާ

އެލަވަންސް

ސަރވިސް އެލަވަންސް -/1500 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް -/1100 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް -/700

ފޯން އެލަވަންސް -/100

ކޮއްތު އެލަވަންސެއްގެ ގޮތުގައި ދަތުރުކުރާ ކޮންމެ ދުވަހަކަށް -/140

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ ފައިސާ ދެވޭނެއެވެ. 

ވަޒީފާ އަދާކުރަންޖެހޭ ތަން

 ތަރިކަ 2 ފެރީ / ކ.ތުލުސްދޫ

ޝަރުތު

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން
  2. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  3. ކަނޑު ދަތުރުފަތުރާއި ގުޅުންހުރި ޤާނޫނާއި ޤަވައިދުތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.
  4. ފުރާދުއްވާ އުޅަނދުފަހަރުގެ ސެކިއުރިޓީ އަދި ސޭފްޓީއަށް އަޙްލުވެރިފަރާތެއްކަމުގައިވުން.
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  6. ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  7. ގިނަވަގުތު މަސައްކަތްކުރެވޭނެ އަދި ރަށުންބޭރުގައި މަސައްކަތްކުރެވޭނެ ފަދަ މީހެއްކަމުގައިވުން.
  8. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. - ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލުން ޝެޑިއުލްކޮށް ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމާއި، ބަޔަކު ކުއްޔަށް ދޯނިނަގައިފިނަމަ، އެދަތުރެއް ކުރުން.
  4. ދަތުރުމަތީގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް އުޅަނދު ސާފުކޮށް ބެހެއްޓުން.
  5. އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތުކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތައް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ކެޕްޓަނުގެ ލަފާގެމަތިން ކުރުން.
  6. ދަތުރުފަތުރު ކުރުމުގަޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި އަދި އެކަންތައްތައް އުޅަނދުގެ ކެޕްޓަނަށް ރިޕޯޓްކުރުން.
  7. އުޅަނދަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ހޯދުމުގައްޔާއި އަދި އުޅަނދުގެ ސްޓޮކް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  8. އުޅަނދުގައި ހުންނަން ލާޒިމްކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ، ކެޕްޓަނަށް ރިޕޯޓްކުރުން.
  9. ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވައިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން.
  10. ސުޕަވައިޒަރު އަންގަވާ ގޮތުގެ މަތިން ރަސްމީ ގަޑި ނޫން ގަޑިތަކުގައި މަސައްކަތްކުރަންޖެހޭ   ޙާލަތްތަކުގައި އޮންނަ އުޞޫލުން މަސައްކަތްކުރުން.
  11. ދޯނީގައި ނާލުނެގުމުގެ މަސައްކަތްކުރުމާއި ދޯނިން ވިއްކަންޖެހޭ ޓިކެޓް ވިއްކުމުގެ ކަންކަންކޮށް އެފައިސާ ކޮންމެ ދުވަހަކުވެސް ފިހާރައާ ހަވާލުކުރުން.
  12. ކައުންސިލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

އަސާސީ ޝަރުތު ހަމަވުން

%50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

%5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

%5

އިންޓަރވިއު

%40

ހުށަހަޅަން ޖެހޭތަކެތި

  • ވަޒީފާއެދި ހުށައަޅާ ފޯމް (މިކައުންސިލުން ލިބެންހުންނާނެ)
  • ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތު ތަޖުރިބާ ދެނެގަނެ މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު) ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮކްޓޯބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން،މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ، މެއިލް މެދުވެރިކޮށް މިއިދާރާއަށް ލިބުނުތޯ ޔަގީން ކުރަންވަންވާނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 އޮކްޓޯބަރ 08 އާއި 2023 އޮކްޓޯބަރ 10  އާ ދެމެދު، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ(ގެ ޖަލްސާ ކުރާ މާލަމު ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6640183  އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ

 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

10 ރަބީޢުލްއައްވަލް 1445

25 ސެޕްޓެންބަރު 2023
ހޯދާ