މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންޓްރޯލްޑް ޑްރަގްސް ހުއްދަ ( ޕާޗޭސް އޮތޮރައިޒޭޝަން އަދި އިމްޕޯޓް ސެޓްފިކެޓް ) ގެ ހިދުމަތް ދިރިތި ޕޯރޓަލް އަށް ބަދަލުކުރުން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މިނިސްޓްރީ އޮފް ހެލްތް

        މާލެ،                                               

      ދިވެހިރާއްޖެ

(IUL)182-Enf/182/2023/8 :ުނަންބަރ                                                                                                                                                     

އިޢުލާން

                

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެމުންގެންދާ އާންމު ގިނަ ޚިދުމަތްތައް މިހާރު ފޯރުކޮށްދެނީ މި އޮތޯރިޓީގެ ޕޯޓަލް " ދިރިތި " މެދުވެރިކޮށެވެ. މިގޮތުން ކޮންޓްރޯލްޑް ޑްރަގްސް ހުއްދަ ( ޕާޗޭސް އޮތޮރައިޒޭޝަން އަދި އިމްޕޯޓް ސެޓްފިކެޓް ) ވެސް 2023 ނޮވެމްބަރ 01 ވަނަ ދުވަހުން ފެށިގެން މި ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

 

އެހެންކަމުން މި ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް "ދިރިތި ޕޯޓަލް ޔޫޒަރ ރަޖިސްޓްރޭޝަން" ފޯމް ފުރިހަަމަ ކޮށް ބޭނުންވާ ލިޔެކިއުންތަކާއިއެކު ދިރިތި ޕޯޓަލް ގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅަމުން ގެންދިއުމަށް ދަންނަވަމެވެ. ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް ގެ ލިންކް https://health.gov.mv/dv/downloads/dhirithi-portal-user-registration-form މެދުވެރިކޮށް ލިބެން ހުންނާނެއެވެ.    

 

ވީމާ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ. އިތުރުމަޢުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7200321 އިން ލިބިވަޑައިގަންނަވާނެއެވެ.

25 ސެޕްޓެންބަރު 2023
ހޯދާ