ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ ކާޅެހުއްޓާއިން ޓޫރިޒަމް ޒޯން އަށް ކަނޑައަޅާފައިވާ ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ ކާޅެހުއްޓާއިން ޓޫރިޒަމް ޒޯނަށް ކަނޑައަޅާފައިވާ ބިން 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން މި އިދާރާއިން ކުރި ނަންބަރ :  (IUL)422/422/2023/67 އިއުލާނާއި ގުޅިގެން ބިން ކުއްޔަށް ހިފުމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ. އެގޮތުން ދޫ ކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލް ތިރިގައި އެވަނީއެވެ.

ބިމުގެ މައުލޫމާތު:

 

ބިމު ކުލީގެ ގޮތުގައި  އަކަފޫޓަކަށް ހުށަހެޅޭނެ އެންމެ ދަށް އަދަދު އަހަރަކަށް

 ސަރަހައްދުގެ ބޮޑުމިން

 (އަކަފޫޓު)

ބިމުގެ ނަންބަރު

0.5ރ (ފަންސާސް ލާރި)

430208 (ހަތަރުލައްކަ ތްރީސްހާސް ދުއިސައްތަ އަށެއް) އަކަފޫޓް

1

 

ބީލަމަށް ރަޖިސްޓްރީކުރުން

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 އޮކްޓޯބަރ 15ގެކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]     މެއިލް ކުރެއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20އޮކްޓޯބަރ 2023 ގެ 14:00 ގެ ކުރިން، މިއިދާރާގެ ޕްރޮޖެކްޓް އީމެއިލް އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 22 އޮކްޓޯބަރ 2023 ގެ 14:00 ގެ ކުރިން އެފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށައެޅުން

 

ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ  ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތް ނޫން އެހެން ފަރާތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

          

     ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

 

10 ރަބީޢުލްއައްވަލު 1445

25  ސެޕްޓެމްބަރ2023

25 ސެޕްޓެންބަރު 2023
ހޯދާ