ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

މަޤާމު:

މަސައްކަތު

 

މަޤާމުގެ ބާވަތް:

ވޭޖް  

ބޭނުންވާ ޢަދަދު:

01 (އެކެއް )

 

މުއްދަތު:

31 ޖަނަވަރީ 2024 ގެ ނިޔަލަށް

މުސާރަ:

-          މަސައްކަތްކުރާ ގަޑިއަކަށް -/50 ރުފިޔާ ( ފަންސާސް ރުފިޔާ )

-          ރަމަޟާން އެލަވެންސް: -/3000 ރުފިޔާ (ތިން ހާސް ރުފިޔާ)

މަސައްކަތް ކުރަން ޖެހޭ ގަޑި:

ހުކުރު ހޮނިހިރު ފިޔަވައި ދުވާލަކު 03 ގަޑި އިރު

 

ފެންވަރު ނުވަތަ ޝަރުޠު: 

(ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން

(ށ) ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައި ވުން.

(ނ) ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތެއް ކަމުގައި ނުވުން.

 

 

 

މަސްއޫލިއްޔަތު:       

  1. ރަށުގެ ބަނދަރު ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.
  2. ބަނދަރު ދެ ޕާރކާއި ސްކޫލް އުތުރުފަރާތު ޕާރކް ސާފުކޮށް ބެލެހެއްޓުން.
  3. އިޖުތިމާޢީ ސަރަޙައްދުތަށް ކުނިކަހާ ސާފުކުރުން
  4. އިޖުތިމާޢީ ސަރަހައްދުތަކުގައި ފަޅާފައިވާ ވިނަ ދިގުވިޔަ ނުދީ ނޮޅާ ސާފު ކުރުން.
  5. އިޖުތިމާޢީ ސަރަހައްދުގައި ގޮފި ޖަހަން ޖެހިފައި ހުރި ގަސްގަހުގެ ގޮފިޖަހާއި ކޮށުން.
  6. އިޖުތިމާޢީ ސަރަހައްދާއި ބަނދަރުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް ފުރުނަ ނުދީ އުކާލުން.
  7. ފުޓްބޯޅަދަނޑު ވަށައިގެންވާ މަގުތަކުގައި ހުންނަ ވިނަތައް ދިގުވިޔަ ނުދީ ނޮޅާ ސާފު ކުރުން.
  8. އުކާލަންޖެހޭ ކުނިބުނި ކުނިކޮށްޓަށް ގެންދިޔުން.
  9. ކުޑަކުދިންގެ ޕާރކް ސާފުކޮށް ބެލެހެއްޓުން.
  10. ގޮނޑު ދޮށަށް ލައްކާ ކުނިބުނި ނަގަން ސާފުކުރުން.
  11. ވަޒީފާއާއި ގުޅުންހުރި އެހެނިހެން މަސައްކަތް ތަކުގައި ކައުންސިލަށް އެއްބާރުލުންދީ ކައުންސިލުން   އެދޭ މަސައްކަތް ތަކުގައި ބައިވެރިވުން .

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އުތީމު ކައުންސިލް އިދާރާގެ    ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]  ،

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 04 އޮކްޓޯބަރ 2023 ން 05 އޮކްޓޯބަރ 2023 އާއި ދޭތެރޭގައި ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގައެވެ.

   

24 ސެޕްޓެންބަރު 2023
ހޯދާ