ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕީޑް ލާންޗެއް ގަތުމާބެހޭ

މި ކައުންސިލްގެ ބޭނުމަށް ސްޕީޑް ލާންޗެއް / ހަލް އެއް ގަންނަން ބޭނުން ވެއެވެ. ވީމާ މި އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ޝީޓްގައިވާ މިންގަނޑުތަކާއި ޝަރުޠުތަކަށް ފެތޭ އުޅަނދެއް ވިއްކަން ބޭނުންވާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިއިޢުލާނަކީ، ސްޕީޑް ލާންޗެއް ގަތުމަށްޓަކައި މިއިދާރާގެ ނަންބަރު (IUL)239-ADS/239/2023/35 ( 15 ޖޫން 2023 ) ގެ އިޢުލާނާއި ގުޅިގެން ޝައުގުވެރިކަންފާޅުކުރި ފަރާތުން، ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލް ކުރުމަށްފަހު ކުރެވިފައިވާ އިޢުލާނެކެވެ.

1. ބީލަންރަޖިސްޓަރީކުރުން

  • ބީލަން ހުށަހަޅާ ފަރާތްތަކުން، ބީލަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، މިއިޢުލާނާއިއެކު ގެޒެޓްގައި އެއްހީރަސް ކުރެވިފައިވާ ފޯލްޑަރއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ނުވަތަ ތިރީގައިވާ ލިންކުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ރަޖިސްޓަރީ ކުރުމުގެ މުއްދަތު: 25 ސެޕްޓެންބަރ 2023 09:00 ން 05 އޮކްޓޯބަރ 2023،  13:00 ށް، ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައެވެ.
  • އޮންލައިންކޮށް ރަޖިސްޓަރީވުމަށް: https://forms.gle/D4HarMD8BhU2wWae8
  • އީމެއިލް އެޑްރެސް[email protected]  އަށް ފޯމް އީމެއިލްކޮށްގެންވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ.
  • ބީލަން ރަޖިސްޓަރީވިކަން ކަށަވަރުކުރުމަކީ، ފޯމް ހުށަހަޅުއްވާފަރާތުގެ ޒިންމާއެކެވެ. ބީލަން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަރުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.


2. ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

  • ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ، ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ.
  • ނޯޓް: ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

3. މަޢްލޫމާތު ސާފުކޮށްދިނުން

  • އިތުރުމަޢުލޫމާތު ސާފުކުރުމަށް، ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ [email protected] ށް މެއިލްކޮށްގެން ނުވަތަ ނަންބަރ 6780700 ނުވަތަ 9846025، 9966030 ފޯނު ތަކަށް ގުޅުއްވައިގެނެވެ.

4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

  • ތަން: ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް (ވޭރުމާލަން)
  • ތާރީޚް: 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި.
  • ބަދަލުގައި މީހަކު ފޮނުވާނަމަ، ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި، ހުށަހަޅާފަރާތުގެ ސިޓީއެއް ފޮނުއްވަން ވާނެއެވެ.
  • ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ވީމާ، މި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށްމ ބީލަން ހުށަހަޅުއްވުމުގެ ފުރުޞަތު ހުޅުވާލައި، އާއްމުކޮށް އިޢުލާނު ކުރީމެވެ.

24 ސެޕްޓެންބަރު 2023
ހޯދާ