މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކަމާއި ގުޅޭ

ޢިމާރާތްކުރުމުގެ ޤާނޫނު: (4/2017) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުން ފެށިގެން ޑިސެންބަރ މަހަށެވެ.

މި ސެޝަންތަށް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ޢިމާރާތްކުރުމުގެ އިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން  އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުއްވުމަށްށެވެ. މި ސެޝަންތަކުގައި އިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ރަޖިސްޓަރީވެފައިވާ ހުއްދަދޫކުރާ އިދާރާތްތަކުން އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާއި މެދު އަމަލުކުރަންވީ ގޮތްފަދަ ކަންކަމަށް އަމާޒުކޮށްގެންނެވެ.

އެހެންކަމުން، ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތާއްވަލެއް މިނިސްޓަރީގެ ވެބްސައިޓް އަދި މީސްމީޑިޔާގައި ހިއްސާކުރެވޭނޭ ވާކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފަރާތްތައް 1 އޮކްޓޯބަރ 2023 ގެ ކުރިން ތިރީގައިވާ ގުގުލް ފޯމް ލިންކުން ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް ވުމަށްއެދި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ 7970415 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

https://forms.gle/kQXTDx6qoX3qETMa8

24 ސެޕްޓެންބަރު 2023
ހޯދާ