މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ވީޑިއޯ ކޮންފަރެންސް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

 

މި އޮފީހަށް ވީޑިއޯ ކޮންފަރެންސް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

މި އޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް ވީޑިއޯ ކޮންފަރެންސް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ތާރީޚް: 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

ހުށަހަޅާނެ ގޮތް:  މި ލިންކުގައިވާ ގޫގުލް ފޯމް ( https://forms.gle/JcR3KcGMSyKAKqmn8 )  މެދުވެރިކޮށް.

 

މަޢުލޫމާތު ކަރުދާސް:

ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 26 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ. 

 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚް: 04 އޮކްޓޯބަރ 2023 ވާބުދަ ދުވަހުގެ ހެނދުނު 11:00 ގައި.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ).

 

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

 

22 ސެޕްޓެންބަރު 2023
ހޯދާ