ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ހާލު ފޮޅި، މަސްބޮނޑި އަދި ސުވެނިއާ ހަދާފަރާތްތަކާއި ބައްދަލުކުރުން

ކުޅުދުއްފުށީގައި ހާލުފޮޅި، މަސްބޮނޑި، ސުވެނިއާ އަދި ގޭގައި ތައްޔާރުކޮށް ބަންދުކޮށް ވިއްކާ ތައްޔާރީ ކާނާ (މިސާލު: ރިހާކުރު، ހިކިމަސް، ކުޅިރޮށި، ކުދިގުޅަ، ފޮނިމާ ފަދަ ތަކެތި) ހަދާ ވިއްކާ ފަރާތްތަކާއި ކައުންސިލުން ބައްދަލުކުރުމަށް ބޭނުންވާތީ، ބާއްވާ ބައްދަލުވުމެއް 24 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ ރޭ 08:45 ގައި ސިޓީ ކައުންސިލް އިދާރާގައި އޮންނާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527131 އަށް ގުޅުއްވުން އެދެމެވެ.

21 ސެޕްޓެންބަރު 2023
ހޯދާ