ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ އައިލެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމާއި ގުޅޭ

ނަންބަރ: (IUL)258/258/2023/138

އިޢުލާން

 

ހަނިމާދޫ އައިލެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމާއިގުޅޭ

 

މިކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީވެ، ތިރީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތް ތަކުން ކުންފުނީގެ "އެގްޒެކެޓިވް ޑިރެކްޓަރ" ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި 03 އޮކްޓޫބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް :[email protected]  އަށް އީމެއިލް ކޮއްދެވުންއެދެމެވެ.

އެގްޒެކެޓިވް  ޑިރެކްޓަރެއްގެ ޝަރުތު:

1-      އުމުރުން 18 އަހަރު ވެފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން.

2-      ބުއްދި ސަލާމަތުންހުރި މީހެއް ކަމުގައިވުން.

3-      ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއް ކަމުގައިވުން. ނުވަތަ "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން. ނުވަތަ " ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

4-      ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

5-      ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމުން ކަނޑައެޅުނު އަދަބު މާޢާފުކުރެވުނުތާ މަދުވެގެން 3 ( ތިނެއް ) އަހަރު ވެފައިވުން.

6-      މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

7-      މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައި ވުމާއިއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

8-      އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

9-      ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްޢޫލިއްޔަތު އަދާކުރަމުން އަންނަ، ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތް ކަމުގައިވުން.

 

10-  ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތުގައި ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

1-      ލެޓާ އޮފް އިންޓަރެސްޓް

2-      ސީވީ

3-      ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

4-      ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑްގެ ކޮޕީ

 

 

 

 

                 

06 ރަބީޢުލްއައްވަލު 1445

 21  ސެޕްޓެމްބަރ 2023

21 ސެޕްޓެންބަރު 2023
ހޯދާ