އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ ނަންބަރު: 137HR/IU/2014/06 (ޖެނުއަރީ 22، 2015) އިއުލާނަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ދެވަނަ ފަހަރަށް އެ މަޤާމްތަކަށް އިއުލާން ކުރަމެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.

މަގާމު

ސުޕަވައިޒަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން:       އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / އެސްޓޭޓް، ފެސިލިޓީސް އެންޑް ޓްރާންސްޕޯޓުގެ ހައުސްކީޕީންގ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހައުސްކީޕިންގ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

2. އެސްޓޭޓުން ބަލަހައްޓާ ތަންތަނުގައި ހުންނަ ދޮރުފޮތި ބެޑްޝީޓް ފަދަ ތަކެތި ދޮވެ ސާފުކުރުމަށް ލޯންޑްރީއާ ހަވާލުކުރުމާއި، އެ ތަކެތި ލޯންޑްރީން ނިމުމުން ގެނެސް ތަންތަނާ ހަވާލުކުރުން.

3. ހައުސްކީޕަރުންގެ ޑިޔުޓީ ރޯޓާ ހެދުން.

4. ހޮސްޕިޓަލް ސާފުކުރުމާއި، ގާޑްން ހައްދައި ބެލެހެއްޓުމަށް އައުޓްސޯސް ކުރެވިފައިވާ ފަރާތުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލަހައްޓައި، ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކުރުމަށް ބާރުއެޅުން.

 

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަގާމު

ސުޕަވައިޒަރ

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން:       އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / އެސްޓޭޓް، ފެސިލިޓީސް އެންޑް ޓްރާންސްޕޯޓުގެ ޕްލަމިންގ އެންޑް މެއިންޓަނަންސް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  1. ހޮސްޕިޓަލުގެ ފެންވަޔަރިންގއާއި ޕްލަމިންގއަށް ދިމާވާ މައްސަލަތައް ބަލައި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  2. ކުރެވޭ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމާއި، ކުރެވޭ މަސައްކަތުގެ ރެކޯޑް ބެލެހެއްޓުން.
  3. ސެކްޝަނަށް ހޯދިފައިވާ އަގުބޮޑު ޓޫލްތަކުގެ ރެކޯޑް (އިންވެންޓްރީއެއް ހަދައިގެން) ބެލެހެއްޓުން.
  4. ހޮސްޕިޓަލުގެ މެއިންޓަނަންސްގެގޮތުން ކުރުމަށް އިޢުލާނުކުރެވޭ އެސްޓޭޓާ ގުޅުންހުރިި މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ޝީޓް ތައްޔާރުކުރުމާއި، އެކަމަށް ބޭނުންވާ މަޢުލޫމާތު އެއިރަކު އެސްޓޭޓް ހިންގުމާ ހަވާލުވެހުރި ފަރާތެއްގެ ލަފާގެ މަތިން ކުރުން.

 

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

  1. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. (ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

2015 މާރިޗު 11 ވާ ބުދަ ދުވަހުގެ 15.00 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް  (2015 މާރިޗު 11 ވަނަ ދުވަހުގެ 15.00 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށެވެ. ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

 5 ޖުމާދަލްއޫލާ 1436
24 ފެބުރުވަރީ 2015
ހޯދާ