މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ހިޔާ މަރާމާތުކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2023/07

މަޑުއްވަރީ ޕޮލިސް ސްޓޭޝަން ހިންގި "ރައްޔިތުންގެ ހިޔާ" އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ކުރާން ހުރި މަސައްކަތްތައް

  1. ޢިމާރާތުގައި މިހާރު އޮތް ފުރާޅާއި މަތިވަޑާންގަނޑު ރޫޅައި، ނަގައި ކައުންސިލުން ދައްކާ ތަނެއްގައި ބެހެއްޓުން.
  2. ޢިމާރާތުގެ ދެކޮޅު (އުތުރާއި ދެކުނު) ފާރު ފުރާޅަށް ތެދުކުރުން.
  3. ފުރާޅުގެ މަތިވަޑާންގަނޑު  ލަކުޑިން ރޭވުން. (މަތިވަޑާންގަނޑު އަޅާނީ އެއް ފުރާޅަށެވެ. ފެން ފަހިކުރާނީ ޢިމާރާތުގެ އިރުމަތީ ފަރާތަށެވެ.)
  4. މަތިވަޑާންގަނޑުގެ ފައިދޮށް އަޅާނީ ކޮންމެ 30 އިންޗިއަކުންނެވެ. ފައިދޮށް އަޅާނީ 6×2 އިންޗި ލަކުޑިންނެވެ.
  5. މަތިވަޑާންގަނޑުގެ ފަތި އަޅާނީ ކޮންމެ 2 ފޫޓަކަށް ފަތިގަނޑެއްވާގޮތަށެވެ. ފަތި އަޅާނީ 1.5×2 އިންޗި ލަކުޑި ފަތިންނެވެ.
  6. ލައިސާޓު މަގުފުޅާ ފެހިކުލައިގެ މޮޅު ޓިނުން ހިޔާކުރުން.
  7. ފުރާޅުގެ މަތިވަޑާންގަނޑުގެ ދެފައިދޮށް ދޭތެރެ ރާނާ ސިމެންތި ޖެހުން.
  8. ފުރާޅުގެ އަސްކަނީގައި 03 ފޫޓު ބެހެއްޓުން.
  9. ފުރާޅުގެ ދެކޮޅާއި ހުޅަނގު ބިތުގައި ތިނބިއެޅުން.
  10. ޢިމާރާތުގެ ދިގުމިން 15154.00 އެމްއެމް، 49.71ފޓ.
  11. ޢިމާރާތުގެ ފުޅާމިން 8840.00 އެމްއެމް، 29.00ފޓ.
  12. ފުރާޅުގައި މިހާރު އޮތް ދިޔަދޮވި ހަރުކޮށް ތިން ދިމާލަކުން ބިމާއި ހަމައަށް ފެން ވައިރުކުރުން.
  13. ވަށާ ފާރާއި ޢިމާރާތުގެ އެތެރެ އާއި ބޭރުގެ ހުރިހާ ފާރެއްގައި ކުލަލުން. (އެތެރޭގައި ލާނީ އެތެރޭގައި ލުމަށް ޚާއްޞަ މޮޅު ކުލައެވެ. ބޭރުގައި ލާނީ ބޭރުގައި ލުމަށް ޚާއްޞަ ވެދަރބޮންޑް މޮޅު ކުލައެވެ.)
  14. ޢިމާރާތުގެ ސީލިންގައި ހުދު ކުލަލުން.
  15. ފާރުތަކުގެ ކުލަތައް A8DF8E / rgb(168, 223, 142)
  16. ތަނބުތަކުގެ ކުލަތައް F3FDE8 / (243, 253, 232) rgb
  17. ޢިމާރާތުގެ ތިރީ ފަންގިފިލާގެ ދެ ކޮޓަރީގައި އޭސީ ހަރުކުރުން.

ރަޖިސްޓްރީކުރުން

2023 އޮކްޓޫބަރު 08 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ރައްޔިތުންގެ ހިޔާ މަރާމާތުކުރުން (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 އޮކްޓޫބަރު 08 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2023 އޮކްޓޫބަރު 09 ވާ ހޯމަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ރައްޔިތުންގެ ހިޔާ މަރާމާތުކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

- ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %85

- މުއްދަތު

- ތަޖުރިބާ %5

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  3. ތަޖުރިބާ %5 ، މިބައިގައި ބަލާނީ ވޭތުވެ ދިޔަ 5 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 ސެޕްޓެންބަރު 2023
ހޯދާ