މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ވެހިކަލްތައް ސަރވިސްކޮށް އަދި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

މިއޮފީހުގައި ބޭނުންކުރާ ވެހިކަލްތައް ސަރވިސްކޮށް އަދި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ދެވަނަ ފަހަރަށް ކުރި ނަންބަރު IUL)14-A3/1/2015/06) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑު ކަމަށްފެންނާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

6 ޖުމާދަލްއޫލާ 1436

25 ފެބުރުވަރީ 2015
ހޯދާ