ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ހިނަވާގެ ނުނިމިހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ގދ.ފިޔޯރީ ހިނަވާގެ، ބީލަމުގެ އުސޫލުން ނުނިމި ހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވުނު ނަންބަރު (IUL)422-A02/422/2023/70 އިޢުލާނާއި ގުޅިގެން މައުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަން ޖެހުމުން އެ އިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 4 އޮކްޓޯބަރ 2023 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސަތްކަތާއި ގުޅޭ ލިޔެކިޔުންތަށް، ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

 

މިމަސައްކަތާގުޅެ ޕްރީބިޑް މީޓިންގ އޮނާނީ 8 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހު 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. ޕްރީބިޑް މީޓިންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  15 އޮކްޓޯބަރ 2023 ވާ  ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. 

 

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

 

06 ރަބީޢުލްއައްވަލް 1445 

21 ސެޕްޓެމްބަރ 2023 

21 ސެޕްޓެންބަރު 2023
ހޯދާ