ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ފަޔަރ ފައިޓިންގ ސިސްޓަމްތައް މަރާމާތުކޮށްދީ އަދި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތުގައިވާ ފަޔަރ ފައިޓިންގ ސިސްޓަމްތައް މަރާމާތުކޮށްދީ އަދި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާން ނަންބަރު IUL)164/1/2015/17) އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މިއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 08 މާރިޗު 2015 ވާ އާދީއްތަ ދުވަސް 13:00 އަށް މިއޮފީހަށް (ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، 64 ކަލާފާނު ހިނގުން) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2015 ވާ އަންގާރަ ދުވަސް 13:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ