މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ހޯދުމަށް

އިޢުލާން

ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ:

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގެ އޮފީހަށް ބޭނުންވާ އިދާރީ މަސައްކަތްކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ މީހުން (2) ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 7 ގަޑިއިރަކަށް) -/272 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އިތުރުގަޑީގައި މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ރަސްމީ ގަޑިކަމުގައިވާ ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:

  • އޯލެވެލް 2 މާއްދާއިން "ޑީ" ގްރޭޑަށްވުރެ މަތިން ފާސްވެފައިވުމުގެ އިތުރުން އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހި މި މާއްދާއިން "ސީ" ގްރޭޑު ލިބިފައިވުން.
  • މަދުރަސީ ދައުރު ކެޑޭޓް ހަރަކާތުގައި ނުވަތަ ބޭންޑް ހަރަކާތުގައި މަދުވެގެން 5 އަހަރު ދުވަހު އުޅެފައިވުން.
  • ކެޑޭޓް ކޯރގެ އޯޖީގައި ނަން ހިމެނި، ކެޑޭޓް ކޯރގެ ޚިދުމަތުގައި މެދުނުކެނޑި، މަދުވެގެން 4 އަހަރު ދުވަހު އުޅެފައިވުން.
  • ވޮރެންޓް އޮފިސަރުން ފެށިގެން މަތީ މަޤާމެއްގައި މެދުނުކެނޑި 5 އަހަރު ދުވަހު ކެޑޭޓް ކޯރގެ ޚިދުމަތުގައި އުޅެފައިވުން.
  • ބައިނަލްއަޤްވާމީ ކެޑޭޓް ހަރަކާތެއްގައި ރާއްޖެ ތަމްސީލުކޮށްދީފައިވުން.
  • ސްކޫލް ކެޑޭޓް ކޭންޕެއްގައި ކޭންޕުގެ އުޖުޑެންޓް ނުވަތަ ކޮމާންޑިންގ އޮފިސަރެއްގެ މަޤާމް މަދުވެގެން 2 ފަހަރު ފުރާފައިވުން.
  • އަހަރީ ކެޑޭޓް ކޭންޕެއްގައި މުދައްރިސެއްގެގޮތުގައި ހަރަކާތްތެރިވެފައިވުން. ނުވަތަ؛
  • ކެޑޭޓް/ބޭންޑް އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މަސައްކަތްތައް:

  • މޯލްޑިވްސް ނެޝަނަލް ކެޑޭޓްކޯރގެ އިދާރީ ހުރިހާ މަސައްކަތްތައް ކުރުން.
  • ކެޑޭޓް ކޯރގެ ކަލަންޑަރު އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުން.
  • ކެޑޭޓް ކޯރގެ ހުރިހާކަމެއް ވިލަރެސްކުރުން.
  • ބަޖެޓް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ކުރުން.
  • އިންސްޓަރަކްޓަރެއްގެގޮތުގައި ސްކޫލްތަކަށް ޒިޔާރަތްކުރުން.
  • އަހަރީ ކެޑޭޓް ކޭމްޕް އިންތިޒާމްކުރުމުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.              

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 11 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ތަޢުލީމީ ސެޓްފިކެޓްތަކާއެކު ލިޔުމަކުން ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 16 މާރިޗު 2015 ގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނޯޓް: 

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341418 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015
ހޯދާ