މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

އެގްޒާމް އިންވިޖިލޭޓަރ

 

މި އޮތޯރިޓީގެ ފަރާތުން ސ. ގަމުގައި ހިންގާ އިމްތިހާނުތައް ސުޕަވައިޒްކުރުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

 

މަގާމް:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

03

ވަޒީފާގެ ބާވަތް:

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް

އުޖޫރަ ދެވޭނެގޮތް:

އިންވިޖިލޭޓްކުރާ ކޮންމެ އިމްތިހާން ސެޝަނަކަށް -/300 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

1- ދިވެހި ރައްޔިތަކަށްވުން

2- އުމުރުން 18 އަހަރު ފުރިފައިވުން

3- އޯ ލެވަލް އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން

 ނޯޓް: އިންވިޖިލޭޓަރުން ހޮވުމުގައި ކުރިން އިންވިޖިލޭޓްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިހާން ބޭއްވުމަށް އިމްތިހާން ޓައިމްޓޭބަލްގައި ޝެޑިއުލް ކުރެވިފައިވާ ގޮތުގެ މަތިން ބޭއްވޭ ގަޑިތައް

މަސްޢޫލިއްޔަތު:

އިމްތިޙާން އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އެގްޒާމް ހޯލު ބެލެހެއްޓުމާއި މިނޫންވެސް ކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް މިއޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޙާއި ތަން :

4 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

ހުށަހަޅަންޖެހޭ ލިޔުން:

1- އިންވިޖިލޭޓަރކަން ކުރެއްވުމަށް އެދި ހުށަހަޅާ ސިޓީ

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

5- ކުރިން އިންވިޖިލޭޓް ކޮށްފައިވާ ފަރާތެއްނަމަ، އިންވިޖިލޭޓްކޮށްފައިވާކަން އެނގޭނެ ލިޔުން

6- 3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ ފޯން ނަންބަރު  3027202 އަށް ގުޅުއްވުން އެދެމެވެ. 

މި ވަޒީފާގެ އިންޓަރވިއު ކުރިއަށްދާނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ.

 

19 ސެޕްޓެމްބަރ 2023

20 ސެޕްޓެންބަރު 2023
ހޯދާ