މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

2014 ވަނަ އަހަރު ދެވުނު ނެޝަނަލް އެސެސްމަންޓް ޕައިލެޓް ޓެސްޓްގެ ޑޭޓާ އެންޓަރ ކުރުމުގެ މަސައްކަތް (15 މާރިޗު 2015 އިން 26 މާރިޗު 2015) ކޮށްދޭނެ ތިރީގައި މިދަންނަވާ ޝަރުޠުތައް ހަމަވާ 08 މީހުން ބޭނުންވެގެން ކުރި ނަންބަރު: IUL)22-PU/1/2015/47) އިޢުލާނާ ގުޅިގެން ކުރިމަތިލާފައިވަނީ އެންމެ ފަރާތެއް ކަމުން އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

މިމަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް (ކޮންމެ 7 ގަޑިއިރަކަށް) -/270 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގެ މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި ރަސްމީ ގަޑީގައި ހެނދުނު 8:00 ން މެންދުރުފަހުގެ 3:00 އަށެވެ.

މިމަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓްދޭނެގޮތް ތިރީގައި މިވަނީއެވެ.

ތަޢުލީމީ ފެންވަރަށް 50 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވުން)

ރަނގަޅު ސްޕީޑެއްގައި ޑޭޓާ އެންޓަރ ކުރުމަށް 50 ޕޮއިންޓް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން ތަޢުލީމީ ސެޓުފިކެޓުތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

07 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ