އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 - ވޯޓި ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

(IUL)38-AC/38/2023/415 :ނަންބަރު 

އިޢުލާން

 މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/412 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 2023 ސެޕްޓެންބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ވޯޓުފޮށީގެނަންބަރު

ކުޅުދުއްފުށި ސިޓީ،
 އަމީރު އަމީން ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މަޤާމްމަގުން އިރުމަތީކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް އަމީނީ މަގުން، އަމީނީ މަގުން ދެކުނަށް ނިކަގަސް މަގަށް، ނިކަގަސް މަގުން އިރަށްގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހދ. ކުޅުދުއްފުށި-7

B05.09.3

41

ނ. މާޅެންދޫ،
މާޅެންދޫ  ކައުންސިލް އިދާރާގެ އައު އިމާރާތުގެ މީޓީންގް ހޯލު

މި ފޮށްޓަށް ވޯޓުލާނީ މާޅެންދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ނ. މާޅެންދޫ-1

D01.03.1

71

ޅ. ނައިފަރު،
 މަދްރަސަތުލް އިފްތިތާޙް ޖަލާލުއްދީން މާލަމް ހޯލުގެ ދެކުނު

މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް  ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ޅ. ނައިފަރު-2

G02.02.2

134

ޅ. ނައިފަރު،
 މަލްޓިޕާޕަސް ބިލްޑިންގް

މި ފޮށްޓަށް ވޯޓުލާނީ އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިނގުމުން ހުޅަނގަށް ފިނިއުނިމާގެއާ ހިސާބުން ހުޅަނގަށް އެކަތައާ ހިސާބުން އުތުރަށް ވަށައިލެވިގެންގޮސް ތަރަހައާ ހަމައިން ހުޅަނގަށް ގޮސް ރޯޝަންގެއާ ހަމައިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-3

G02.02.3

135

ޅ. ނައިފަރު،
 ވިލާ ކޮލެޖް ނައިފަރު ކެމްޕަސް ހޯލް

މި ފޮށްޓަށް ވޯޓުލާނީ ޓިޔުލިޕް ހިނގުމުގެ އިރުން ކަނޑުފެންނަގެއިން ފެށިގެން އިރަށް ހެޕީބީޗް އާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި،  ޓިޔުލިޕް ހިނގުމުން  އުތުރުގެއާ ހިސާބުން ހުޅަނގަށް ގޮސް ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ،ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި  ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-4

G02.02.4

136

އއ. ރަސްދޫ،
 އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެބުރި އިމާރާތުގެ ސެން ކްލާސް

މި ފޮށްޓަށް ވޯޓުލާނީ ރަސްދޫ ރައްޔިތުންގެ ތެރެއިން، މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ ދިވެހި ރައްޔިތުންނެވެ.

އއ. ރަސްދޫ-1

U02.02.1

235

އއ. ރަސްދޫ،
 އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެބުރި އިމާރާތުގެ ގްރޭޑް 1 ކްލާސް

މި ފޮށްޓަށް ވޯޓުލާނީ މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އއ. ރަސްދޫ-2

U02.02.2

236

އދ. މާމިގިލި،
 އިޖްތިމާއީ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ މާމިގިލީ އަމީނީމަގުގެ އުތުރުން ބޮންތިޖެހިމަގުގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައި ވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

އދ. މާމިގިލި-2

I01.10.2

255

މާލެ،
 ފެކަލްޓީ އޮފް އެޑިއުކޭޝަން، 1 ވަން ފަންގިފިލާއަށް އަރާއިރު އޮންނަ ހުސްޖާގަ

މި ފޮށްޓަށް ވޯޓުލާނީ މާލޭގައިތިބި ހއ.ހޯރަފުށި ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާމީހުންނެވެ.

ހއ. އަތޮޅު، މާލެ-1

AT.1.1

492

މާލެ،
 ވިލާ ކޮލެޖްގެ ހޯލް

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ގއ. ވިލިނގިލި ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ގއ. އަތޮޅު، މާލެ-2

PT.1.2

545

މާލެ،
 ބިޒްނަސް ސްކޫލްގެ ކްލާސްރޫމް N2-08

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ނ. ފޮއްދޫ، ޅޮހި، ވެލިދޫ މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ނ. އަތޮޅު، މާލެ-3

DT.3.1

511

މާލެ ވިލާ ކޮލެޖްގެ ކްލާސްރޫމް WW02

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހދ. ނޮޅިވަރަންފަރު، ހދ.ނޮޅިވަރަމު، މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހދ. އަތޮޅު، މާލެ-2

BT.2.1

501

މާލެ،
ފެކަލްޓީ އޮފް އެޑިއުކޭޝަން،ފުރަތަމަ ފަންގިފިލާ ކްލާސް ރޫމް B2-07

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. މުރައިދޫ އަދި ބާރަށް މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހއ. އަތޮޅު، މާލެ-5

AT.3.2

496

މާލެ،
 ޤައުމީ ޔުނިވަރސިޓީގެ ކޮންކޯސް އޭރިއާ

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީ ފޭދޫ ރައްޔިތުންގެ ތެރެއިން، ފޭދޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނުމަގުގެ އިރުން ފެށިގެން ރަށުގެ އިރުން ހުޅަނގަށްގޮސް މާދެލަމަގުން ދެކުނަށް، ޑޭޒީމަގުން ހުޅަނގަށް ގޮސް ލަޠީފިހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން އިރަށް ގޮސް ކުޅިބަލާހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ފޭދޫ މާދެލަމަގުން އިރުއުތުރު ކަނުން ދެކުނަށް ގޮސް ޑޭޒީމަގުން ހުޅަނގަށް ގޮސް ރަށްދެބައިމަގުން އުތުރަށް ގޮސް ޗާންދަނީ މަގުން ދެކުނަށް ގޮސް ނޫރާނީހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީންބޮޑުފަނޑިޔާރުތަކުރުފާނުމަގުގެ އުތުރުންއިރަށް  މާދެލަމަގާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ ސިޓީ، މާލެ-3

ST.2.1

562

20 ސެޕްޓެންބަރު 2023
ހޯދާ