އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއިބެހޭ އާންމު އުސޫލަށް ޢަމަލުކުރަން ފެށުން:

އިޢުލާން

 

މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއިބެހޭ އާންމު އުސޫލަށް ޢަމަލުކުރަން ފެށުން:

            މި ކައުންސިލުން ފާސްކޮށްފައިވާ، ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު (ނަންބަރު2013/R- 1235 :) ގެ 13 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއިބެހޭ އާންމު އުސޫލް" ވަނީ މި ކައުންސިލްގެ 4 ވަނަ ދައުރުގެ 132 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށްފައެވެ. މި އުސޫލަށް އަމަލުކުރަން ފެށުމާއެކު މި ޚިދުމަތް އިތުރަށް ހަރުދަނާ ވެގެން ދާނެއެވެ. އަދި  މި އުސޫލަށް އަމަލުކުރަން ފަށާނީ 1 ނޮވެންބަރު 2023 ވަނަ ދުވަހުން ފެށިގެންނެވެ.

              އެހެންކަމުން މި އިޢުލާނާއެކު 1 ނޮވެންބަރު 2023 ވަނަ ދުވަހު އަމަލުކުރުމަށް ފާސްކޮށްފައިވާ "މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއިބެހޭ އާންމު އުސޫލް" އާއްމު ކުރެވިފައިވާނެއެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                   05 ރަބީޢުލްއައްވަލް 1445

                  20 ސެޕްޓެމްބަރު 2023

20 ސެޕްޓެންބަރު 2023
ހޯދާ