މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިފަހަރު އެހެލައި މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ޒަމާނީ ސްލިޕްވޭ އެއް ހެދުމަށް މ.މަޑުއްވަރިން ބިން ދޫކުރުން

އޮޑިދޯނިފަހަރު އެހެލައި މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ޒަމާނީ ފެންވަރުގެ ސްލިޕްވޭއެއް ތައްޔާރުކޮށް އެ ޚިދުމަތްތަށް ދިނުމަށް މ.މަޑުއްވަރިން 30 އަހަރުގެ މުއްދަތަށް ބިންކުއްޔަށް ހިފުމަށް ބޭނުންވެލައްވާ ފަރާތްތަކުން " ބީލަމުގެ އުޞޫލުން މ. މަޑުއްވަރިން ބިންކުއްޔަށް ހިފުމަށްއެދޭފޯމް " ފުރިހަމަ ކުރައްވަވާ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. މިފޯމާއި ކަމާގުޅޭ މައުލޫމާތު ކަރުދާސް ބަންދުނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން ފެށިގެން 14:00 އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ލިބޭނެއެވެ. އަދި މި އިޢުލާނާއި އެއްކަރުދާސްކޮށް އާންމުކުރެވިފައިވެސް ވާނެއެވެ. ފޯމު ފުރިހަމަ ކުރައްވަވާ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅުއްވާނީ 2023 އޮކްޓޯބަރު 10 ވާ އަންގާރަ ދުވަހުގެ 13:30 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނިމާލަމަށް ދުރުވެ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅަންވާނީ ސިޓީއުރައަށް ފޯމްލައި ސީޓީއުރަ ބަންދު ކޮށްގެންނެވެ. ސިޓީއުރަ ކަނޑާނީ ފޯމް ހުށަހަޅަން ދުރުވާ ފަރާތްތަކުގެ ޙާޟިރުގައެވެ. ފޯމް ހުށަހަޅަން ބުނެފައިވާ ގަޑީގެފަހުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ބިމާބެހޭ މަޢުލޫމަތު 

މި ބިން އޮތްތަން : މ.މަޑުއްވަރީ ފައިބަރު ބިމުގެ އުތުރުން ، އައިސްޕްލާންޓް ބިމުގެ ދެކުނުން

ބިމުގެ ބޮޑުމިން : 55*125 ފޫޓް ( 6875 އަކަފޫޓް )

ބިމުގައި ކުރެވޭނެ ބޭނުން : އޮޑިދޯނި ފަހަރު އެހެލައި މަރާމާތުކުރުން ( ސްލިޕްވޭ )

 ބިމުގެ ސިފަ : މިބިމަކީ ދިގު އަކަވާގޮތަށް އޮތް ބިމެކެވެ.

ބިންކުއްޔަށް ދޫކުރާ މުއްދަތު : 30 އަހަރުގެ މުއްދަތަށް

ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 0.75 ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.

ބިންކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:

1-      ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުއްޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ބިދޭސީ ވިޔަފާރިއެއް ކަމަށްވުން .

2-      ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި ، މަކަރާއި ހީލަތްހެދުމާއި ، ފްރޯޑްގެ ކުށެއް ސާބިތުވެފައި ނުވުމާއި ، އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދާ ޤާނޫނީ ޝަޚްސަކަށް ނުވުން.

3-      މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ ، ފައިސާ ދައްކަންޖެހޭ އުސޫލުން ދައްކަމުން ގެންދާ ފަރާތަކަށްވުން

4-      އިފްލާސް ކޮށްފައިވާ ޤާނޫނީ ޝަޚްސަކަށްނުވުން.

ޕޮއިންޓް ދިނުމުގައި ބަލާނެ ކަންކަން

  • ޖުމުލަ އަގު %40
  • މާލީ ޤާބިލުކަން
  • ސީ.އެސް.އާރު %50

      ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ސެޕްޓެންބަރު 2023
ހޯދާ