ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމަށް ކުލީ ބިން ދޫކުރުމާއި ގުޅޭ

     ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ބަނދަރުގެ އިރުމަތީ ފަރާތުން އޮތް 1600 އަކަފޫޓުގެ 2 ކުލީ ބިން 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާތީ، އެފުރުޞަތު ހުޅުވާލަމެވެ. 

     ވީމާ، ލޮނުމަސް އެޅުމަށް ކުލީ ބިން ބޭނުންވާ ފަރާތްތަކުން 19 ސެޕްޓެންބަރު 2023 އިން 01 އޮކްޓޫބަރު 2023 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 05 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ފޯމު ހުށަހެޅުއްވުން އެދެމެވެ.

     މިކަމަށް އެދި ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ފޯމު ބަލައެއް ނުގަނެވޭނެއެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ސެޕްޓެންބަރު 2023
ހޯދާ